ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވާލައްވައި، ޖާބިރު ޤަރާރެއް ހުށަހަޅުއްވައިފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި އޮންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައްވާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރުގައި، މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރި، އެ ވައިރަހުގެ ސަބަބުން އިޤުތިޞާދު ހީނަރުވަމުން ގޮސް ރައްޔިތުން ހާލުގައި ޖެހުމުގެެ ފުރުސަތު ބޮޑުވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މި ގޮތުން، ކުރީގެ ރައީސް ޔާމިނު މި ވަގުތުން މި ވަގުތަށް ޖަލުން މިނިވަންކުރުމަށްފަހު، އެ މަނިކުފާނާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވާ އެ މަނިކުފާނުގެ ފަރާތުން ހޯއްދެވެންހުރި ހުރިހައި އެހީއެއް ހޯއްދެވުމަށް ގޮވާލައްވާކަމަށް ވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

އަދި މި ވަގުތަކީ ރައީސް ޔާމިނާއި، ރައީސް ޞާލިޙާއި ދެ ބޭފުޅުން، ރައްޔިތުންގެ ޙައްޤުގައި  މަޝްވަރާކުރުމުގެ ވަގުތުކަމަށާއި، އެ ކަމަކީ ކޮންމެހެން ކުރަންޖެހިވަޑައިގަންނަވާ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.     

އަދި ދެ ބޭފުޅުންގެ މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި،

ޖާބިރު ވިދާޅުވީ  ޗައިނާއާއި، ސައޫދީ ޢަރަބިއްޔާއަކީ ރައީސް ޔާމިނުގެ ސަރުކާރުގައި، އެ މަނިކުފާނު ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާ ދެ ޤައުމުކަމަށާއި، މި ގޮތުން މި ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ޔާމިނު މެދުވެރިވެގެން އެހީތެރިކަން ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ޖާބިރު ވަނީ،
ރައްޔިތުން އެއްގަލަކަށް އެރުމަށާއި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލުމަށް ޤައުމީ ރޫހެއްގައި ރައްޔިތުންނާއި، ޤައުމު ސަލާމަތްކުރުމުގެ މާތް މަޤްސަދުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީނު މިނިވަންކުރުމަށް ގޮވާލައްވައި، ޖާބިރު  ޤަރާރު ހުށަހަޅާފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ، ރައީސް ޔާމިނު ޖަލަށްލާފައިވަނީ އިންސާފުގެ ބޭރުންކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: