ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުޔެއް ދިނުމާ އެކު ސާޖެއް އައުން އެކަށީގެންވޭ: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރުމުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮށްފައިވާ ލޮކްޑައުނަށް ލުޔެއް ދިނުމާ އެކު ސާޖެއް އައުން އެކަށީގެންވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެޖެއެވެ.

ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގައި ހަމަވުމުން ލުއިތަކެއް ދޭން ސަރުކާރުން ނިންމަމުން އަންނަ މި ދަނޑިވަޅުގައި މިނިސްޓަރ އަމީން ވިދާޅުވީ މިހާރު އާއްމުކޮށް ޕޮޒިޓިވްވާ އަދަދުތަކާ އެކު ސާޖެއް ފެންނާނެ ކަމަށް ބަލެވެނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުން ކަމަށެވެ.

ކޮވިޑް-19 ގެ ބޮޑު ސާޖެއް ފެންނާނެ ކަމަށް އެންމެ ފަހުން އަންދާކޮށްފައިވަނީ މިހިނގާ މޭމަހުގެ ފަހު ދެ ހަފްތާގައެވެ، އެގޮތުން ރާއްޖޭގައި ކޮވިޑް-19ގެ ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ބައެއް ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރިއެވެ.

އަމީން ވިދާޅުވީ ސާޖެއް ފެންނާނީ ލުއިތައް ދިނުމާއެކުގައި ކަމަށް ވިދާޅުވަނީ ގިނަ ދުވަސްތަކެއް ވަންދެން، ގޭގައި ބަންދުވެ ތިބުމަށް ފަހު ލުޔެއް ދިނުމުން، މީހުން ބޭރު ތެރެއަށް ވެސް ނުކުންނާނެތީ ކަމަށެވެ.

ލުއި ދެނީ އެންމެނަށް ބޭރު ތެރެއަށް ނުކުމެ އުޅެވޭ ގޮތަކަށް ނޫން ކަމަށާއި ލޮކްޑައުން އެއްކޮށް އުވައިލުމުގެ ބަދަލުގައި ލުއިތައް ދެމުން ގެންދާނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ބޭރުގެ އެކި ގައުމުތަކުގައި ވެސް ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ލުއިދެމުން އަންނަ ކަމަށާއި އަމީން ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅަނީ އެކަމުގެ މަތީގައި ދެމިތިބޭ ގޮތަކަށް ނޫން ކަމަށެވެ.

ރާއްޖޭގައި އާދަޔާ ޚިލާފަށް މިހާރު މީހުން މަރު ނުވުން ނުވަތަ ހޮސްޕިޓަލްތަކަށް އަދި ބާރު ބޮޑުނުވުމަކީ ކޮވިޑުގެ ކަންތައް ނިމުން ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އަދި ލޮކްޑައުން ލުއިކުރަނީ، ސާޖެއް އައި ނަމަވެސް ފަރުވާދެވޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ޕްރޮޖެކްޝަންސްތަކުން ދެއްކި ގޮތުގައި ޕީކަށް އަރާ ދުވަހު، ބަލި ޖެހިފައި 6،000 މީހުން ތިބޭނެ އެވެ. އަދި އެދުވަހު އެކަނި ވެސް 400 މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާކުރުންތަކުން ދެއްކި އެވެ. އައިސީޔޫގައި 12 މީހުންނަށް އެ ދުވަހު ފަރުވާދޭން ޖެހުން އެކަށީގެންވާ އިރު އޭރު އައިސީޔޫގައި 101 މީހަކަށް ފަރުވާ ދެމުން އަންނާނެ ކަމަށް ވެސް އެ ލަފާކުރުންތަކުގައިވެއެވެ. އެކަމަކު އެއީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މަދު ބަޔަކު އަމަލުކުރި ނަމަ ނުކުންނާނެ ނަތީޖާ އެވެ.

މިދިޔަ އެޕްރީލް، 15 ގައި އިއުލާންކޮށް ދަންމަމުން އައި ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގައި ހަމަވާނެއެވެ. މާލެ ސަރަހައްދު ލޮކްޑައުންކުރީ މާލެ އިން ޕޮޒިޓިވް އެކަކު ފެނުމުންނެވެ. ކޮވިޑް-19 ހަލުވިމިނުގައި ފެތުރިފައި އޮތްއިރު، ލޮކްޑައުންއަށް ލުޔެއް ދޭން އުޅޭތީ ބައެއް މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: