ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ޕްލޭން ހެދީ ރައީސް ނަޝީދު!

ރައްޔިތުންމަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ އެކިއެކި ބޭފުޅުން ބޭނުންވާ ވަކިކަހަލަ ކަންކަން ހާސިލް ކުރެއްވުމަށް ބޭނުންކުރާ ހަތިޔާރަކީ ޑރ އަފްރާޝީމްގެ އަލީ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގެ އިތުރން ބޮްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. އޭގެ ފަހުން އެ ބޮޅަށް އިތުރުވެގެން ދިޔަ އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި އެމަނިކުފާންގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް އަދި ޕީޕީއެމް އާއި ޕީއެންސީގެ ބޭފުޅުންނަށް އަމާޒްކޮށް ފާޑުކިޔުމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އާންުކޮށް ބޭނުން ކުރާ ހަތިޔާރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެވެ. 

މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ފެއްޓެއްވި މަސައްކަތަކީ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގުތައް ހިންގައި އަވަހަށް  ޖަލުގެ ގޮޅިއަށް ލުމުގެ މަސައްކަތެވެ. އެކަން ވަރަށް ފެސާހަކަމާއި އެކު ވަނީ ނިންމާލާފައެވެ. ރައީސް ޔާމީންއަށް ތާއިދު ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީން ޖަލަށްލުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. އެހެން ކަމުން ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގާއި ކުރިއަށް ގެންދިޔަ ޝަރީޢަތަކީ އިންސާފްވެރި ޝަރީޢަތެއް ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުން ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން އެމަނިކުފާން ވަގުތުން ދޫކޮށްލެއްވުމަށް ޕީޕީއެމްއިން އަބަދުވެސް ދަނީ ގޮވާލަމުންނެވެ. 

ކޮންމެއަކަސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ޕީޕީއެމްއާއި ޕީއެންސީން ބަނަމުންދަނިކޮށް އެ ވާހަތަކަސް ބާރުލިބިދޭ ބަސްފުޅުތަކެއް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ  އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށެވެ. 

ރައީސް ނަޝީދު އަތުލިޔުމުން ދިވެހިން ލިޔުއްވާފައިވާ އެ މެސެޖުގައި ވިދާޅުވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ”ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅަނިކުފާނަށް ނުވިސްނޭ“ ކަމަށެވެ. އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މިނިވަން ތަހުގީގެއް ހިންގައިފިނަމަ ފެންާނީ މުޅިން ތަފާތު މަންޒަރެކެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ޙުޔާނާތް ޕްލޭން ކޮށް ރާވައި ހިންގައި ތަންފީޒް ކުރުވީ ކިހިނެއްކަން ކާކުކަން ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެ ދެއްވާފައެވެ. 

 

https://twitter.com/AlhanFahmy/status/1263841752659656716

އެމްޑީޕީގެ ފަރާތުން އެޖެންޑާ19އިގެ ނަމުގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބިންގާ އެޅުއްވި ގޮތް ވަރަށް ސާފުކޮށް ވަނީ ވިދާޅުވެ ދެއްވާފައެވެ. 

އެގޮތުން އެމްޑީޕީގެ އެޖެންޑާ19 ކެމްޕެއިންގެ ތެރެއިން ކުޑަފަރީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ  އެކަން ކުރެއްވި ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އަހުމަދު އަދީބް ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުކަމަށް ގެނައުމުން ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ދެ ސަރުކާރެއް އުފެދި އެމްއެމްޕީއާރުސީގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް އަދީބް ވިއްކަވާނެކަން އެނގިވަޑައިގަންނަވައެވެ. އަދި އަދީބް ވަޒީރު ކަމަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުން ގެނައުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އަދީބު ވަޒީރު ކަމަށް ގެނެސްގެން ނޫން ގޮތަކަށް ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުން ގެނެސް ހިޔާނާތުގެ ދަލުގައި ރައީސް ޔާމީން ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް އެމަނިކުފާނަށް އޭރު ފެނިވަޑައި ނުގެންނެވި ކަމަށާއި އެހެން ކަމުން އެވަރުގެ ވަރުގަދަ ފަންޏެއް ވަޒީރުންގެ މަޖިލީހަށް ވެއްދެން އޮއްވައި އެކަން ނުކޮށް ދޫކޮށްލުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި ނުފެނުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

”ދެން އަޅުގަނޑުގެ ހިތައް ވަތް އެއްޗަކީ ދެން އެހާ ރަނގަޅު ފަންޏެއް އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތް އިރުގައި އަދި ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން ބައިކޮށްގެންކަން އެ ވަރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެންކަން ، ގުޑުމެއް ގެނެސްގެންކަން. . އެއީ އަބަދުވެސް އަޅުގަނޑު ދުށްހުރި ހަގީގަތަކީ. އަޅުގަނޑު ދެކިފަ އޮތް ގޮތުގައި އަޅުގަނޑަށް ފެންނަމުން އައި ގޮތުގައި، އަދީބު ވަޒީރު ކަމަށް ގެނެސްފީއްޔާ އަޅުގަނޑު ދުށް ގޮތުގައި އޭނަ އިންތިހާއަށް ކޮރޮޕްޓް ވާނެ، އަދި އެ އޮއިވަރުގައި ރައީސް ޔާމީން ރަނގަޅަށް ޖެހިވަޑައިގަންނަވާނެ. “ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އަދީބު ވަޒީރު ކަމަށް ގެނައުމުގެ މަސައްކަތް އެމަނިކުފާން ކުރެއްވީ މިހާރުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މެދުބެރިކޮށެވެ. އީސައަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކެނދިކުޅުދޫ ދާއިރާގެ މެމްނަރެވެ. އަދި އަދީބްއަށް ވަޒީރު ކަމަށް އާދެވުނީ އީސަގެ ވޯޓުން ކަމަށާއި އީސަ އަދީބު ވަޒީރު ކަމަށް ގެނަން ވޯޓް ދެއްވީ ރައީސް ނަޝީދު ވިދާޚުވި ގޮތުގައި އެމަނިކުފާން ވިދާޅުވެގެންނެވެ. އެހެން ކަމުން އެނގިހުރެ ގަސްތުގައި ދިވެހި ދައުލަތަށް ގެއްލުން ލިބިދާނެކަންތައްތަކެއް ރައީސް ނަޝީދު ކުރެއްވި ކަމަށާއި ކުރުވި ކަމަށް އަމިއްލަފުޅަށް މިވަނީ އިއުތިރާފް ވެވަޑައިގެންފައެވެ. 

ކޮންމެއަކަސް އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވައި ހިންގިކަން ރައީސް ނަޝީދު ވަނީ އިއުތިރާފް ވެވަޑައިގެންފައެވެ. އަދި އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމަށް ގެންނެވުމުގެ މައިގަނޑު މަގުސަދަކީ ކޮރޮޕްޓް ވަޒީރެއްގެ ދަލުގައި ރައީސް ޔާމީން ޖައްސައި ރައީސް ޔާމީންގެ ވެރިކަން ބައިބައިކޮށް ވެރިކަމަށް ލޕޅުން ގެނައުންކަން ރައީސް ނަޝީދު މިވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ހަގީގަތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ފަށަން ޖެހޭނީ ރައީސް ނަޝީދުއާއި ހަމައިންނެވެ. އަދީބް ވަޒީރު ކަމަށް ވަޑައިގެންފިނަމަ ރާއްޖޭގެ ރަށްތަކާއި ފަޚުތައް ވިއްކާލާނެކަން ރައީސް ނަޝީދު އަށް އެނގިވަޑައިގެންނެވި ގޮތް ހޯއްދަވަން ޖެހެއެވެ. އަދި އަދީބު ވަޒީރު ކަމަށް ގެނެސް ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުން ގެނެވިދާނެކަން ރައީސް ނަޝީދު އެނގިވަޑައިގެންނެވި ގޮތް ވެސް ހޯއްދަވަން އެބަޖެހެއެވެ. ކުރުކޮށް ދަންނަވާނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހިގީގު ފުރިހަމަ ވާނީ ހަގީގީ މޭސްތިރިޔާއާއި ހިސާބުން ތަހުގީގު ފެށުމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތިކަން މިއަދު ވަރައް ރަނގަޅައް ރަށްޔިތުންނައް ހާމަވެގެން ހިނގައްޖެ އަދީބް މިނިވަން ކުރުމުން. ސުވާލަަކީ އާޙިރތްގަ ތިމީހުން ތި ހިޔާނަތް ތަކުންް ސަލާމަތް ވާނީކިހިނަކުން ބާއޭ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: