ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 18 މީހަކު ރަނގަޅުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އިގެ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އާދިއްތަވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކްވަނީ މި ކަން ޔަޤީންކޮށްދެއްވާފައެވެ.
މި ގޮތުން މަބްރޫކް ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެތެރެއިން 18 މީހަކު ރަނގަޅުވެ ޖުމްލަ އަދަދު 127 އަށް އިތުރުވެފައިވާކަމަށެވެ.
18 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާއިރު، މިއަދު އެކަނިވެސް 39 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މި ގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 1,313 އަށް އިތުރުވެފައެވެ.

