ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

07 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތްހެދުމުގެ ހުއްދަދީފި

މޮނިޓަރިންގެ ހާލަތުުން ނަގާފައިވާ ކ.ހިންމަފުށި. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

07 ރަށެއް ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަދީފިއެވެ.

މި ކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި، އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި، އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ކުރިން ވެސް އަންގަވާފައިވާނެ ކަމަށެވެ.

ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއް، އެ ހާލަތުން ދޫކޮށްލާ ފަހުން 14 ދުވަސްނުވާނަމަ، އެ ފަދަ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް ނިންމާފައިވާ ކަމަށްް އިސްލާމިކް މިނިސްޓްރީން ބުނެެއެވެ.

އަދި އެ ހާލަތުގައި އޮތް ރަށެއްގައި، ޖަމާޢަތް ހަދަމުންދާނަމަ އެ ކަން ހުއްޓާލުމަށް އަންގާކަމަށާއި، ހާލަތު ބަދަލު ނުވަނީސް، އެ ފަދަ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުމުގެ ހުއްދަދެވެން ނޯންނާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި އެ ފަަދަ ހާލަތްތަކުގައިވާ ރަށްރަށް ފިޔަވައި އެހެނިހެން ރަށްރަށާއި، ރިސޯޓުތަކުގައި ޖަމާޢަތް ހެދުން އެންމެ ރަނގަޅުކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ގޮތުން، އެޗްޕީއޭގެ ލަފައާއެކު 7 ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ.

އެއީ މޮނިޓަރިންގެ ހާލަތުގައި މިހާރުވެސް އޮތް، މާލޭސިޓީއާއި، ށ.ނަރުދޫގެ އިތުރުން ނ.މަނަދޫއެވެ.

މީގެ އިތުރުން މޮނިޓަރިންގެ ހާލަތުން ނެގުނުފަހުން 14 ދުވަސްވެފައިނުވާ 4 ރަށެއް ވެސް ހިމެނެއެވެ. އެއީ ކ.ހިންމަފުށްޓާއި، ކ.ތުލުސްދުއާއި، ހއ.ތަކަންދޫގެ އިތުރުން، ށ.މިލަންދޫކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތްތައް ނުހުޅުވާ ރަށްރަށުގައި ކުރިއެކޭ އެއްފަދައިން، މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށް އަންގާކަމަށެވެ.

އިސްލާމިކް މިނިސްޓްރީންވަނީ، ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށާއި، ފަރުޟު ފަސްނަމާދުކުރުމަށާއި، ސުންނަތް ނަމާދުތައް އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި މި ކަންތައްތަކުގެ އިތުރުން، އިސްލާމިކް މިނިސްޓްރީންވަނީ، ﷲ ރަޙްމަތުން މާޔުސްނުވެ ، ސަބަބުތަކުގައި ހިފައި، ﷲ އަށް ފުރިހަމައަށް ވަކީލުކޮށް، ގިނަގިނައިން ދުޢާކޮށް އިސްތިޣްފާރުކުރުމަށް ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައެވެ.

ހަމައެއާއެކު ޖަމާޢަތްކުރުމުގެ ހުއްދަ ދީފައިވާ ރަށްރަށުގައި، ކޮންމެ ނަމާދަކަށްފަހު ޤުނޫތު ނާޒިލާ ކިޔުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: