ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ – ޕާކިސްތާން ދެމެދު ސީދާ ދަތުރު ފެށުން އަވަސް ކުރުމަށް ބޮޑުވަޒީރުގެ އިރުޝާދު!

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ – ޕާކިސްތާނު ދެމެދުގެ ދަތުުރުތައް ވީހާވެސް އަވަހަށް ފެށުމަށް އިރުޝާދު ދެއްވާފައިވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށަން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ބަދަލުކުރަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދެ ދުވަހަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުތައް ފެށުނަށް ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތުތައް ބޮޑުވަޒީރު ދެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދްގެ ސެރީނާ ހޮޓެލްސްގައި ކުރިޔަށް ގެންދިޔަ ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަކީ ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން، މި ދަތުރުތައް ލަސްނުކޮށް ވީ އެންމެ އަވަހަކަށް ފެށުމަށްޓަކައި ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާތަކާއެކު ރޭގެ ވަގުތެއްގައި މަޝްވަރާކުރައްވައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދަތުރުފަތުރުގެ މި އައު ގުޅުމާއެކު ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް މުދާ އުފުލުމުގައާއި ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މި އިންތިޒާމުތައް އަވަސްކުރުމަށްޓަކައި ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓްރީއާއި، ވިޔަފާރިއާ ބެހޭ ވުޒާރާއިން ރާއްޖޭގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުރިހަމަ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޝެހެބާޒް ޝަރީފްގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފުރުސަތެއް ހުޅވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގައި ނުބާއްވައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ އެކްޝަން ޕްލޭންއަކަށް ބަދަލުކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ، މިހާރު ދެ ގައުމުގެ ދެމެދުގައި ހިނގަނީ އެންމެ 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އެމަނިކުފާނު ވަރަށް ފުރިހަމައަށް އިޖާބަދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ އެއްބަސްވުމާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ލިބިފައިވާ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފައި، ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ދުރާލާ ތައްޔާރުވާންޖެހޭ ކަންކަން ވަރަށް ގާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.

ކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން އިއުލާންކުރި ގޮތުގައި، އެ އެއާލައިންގެ ފްލީޓަށް އިތުރު އައު ބޯޓުތައް އިތުރުވުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ވެސް ދަތުރުތައް އަލުން ފެށުމަށް މަޝްވަރާކޮށް، އިއުލާނު ކުރި އެވެ. އެގޮތުން 2017 ގައި ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކަނޑުމަގުން ވެސް ދަތުރުތައް ފެށުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. އެއަށް ފަހު 2022 ވަނަ އަހަރު ޕާކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަމަށް އިއުލާނު ކުރި އެވެ.

ޕާކިސްތާނުން މީގެ ގިނަ އަހަރުތަކެއް ކުރިން ވަނީ ރާއްޖެއަށް ވައިގެމަގުން ސީދާ ދަތުރުތައް ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: