ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލާއި ޚިލާފަށް އުޅެމުންއައި 1000 ބިދޭސީއަކު ޤައުމަށް ފޮނުވާލައިފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތުންގެތެރެއިން 1000 މީހަކު ޤައުމަށް ފޮނުވާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހޮނިހިރުދުވަހު ބުނީ، ހުސްވި އޭޕްރީލް މަަހުގެ 21 ވަނަ ދުވަހުން ފެށިގެން، މޯލްޑިވިއަންގެ ފްލައިޓްތަކުގައްޔާއި، ބަންގްލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ ފްލައިޓްތަކުގައި، އެ ފަދަ މީހުން ޤައުމަށް ފޮނުވަމުންދާ ކަމަށެވެ.

އަދި މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް، އެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އެންމެން ފޮނުވާލުމުގައި ބަންގްލަދޭޝްގެ ސަރުކާރުން ނުހަނު އެހީތެރިވެފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މި ގޮތުން، ރާއްޖޭގައި އުސޫލާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ކަންތައްތަކުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، އެ މިނިސްޓްރީގެެ މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ އެ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

ހަމައެއާއެކު ބަންގްލަދޭޝްއިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި، އެ ޤައުމުގެ ފޮރިން މިނިސްޓަރަށް، މިނިސްރު ޝާހިދުވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: