ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން: އަމުރާއި ޚިލާފުވި އިތުރު 107 މީހަކު ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 107 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާާމަކޮށްފިއެވެ.

މި ކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ ހޮނިހިރު ދުވަހު މަގުމަތީގައި އުޅުނު 107 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، 4 މީހަކު ހައްޔަރުކޮށްފައިވާނެކަމަށާއި، އެ 4 މީހުންނާއެކު މިހާތަނަށް ޖުމްލަ 276 މީހަކު ހައްޔަރުކޮށްފައިވާނެކަމަށެވެ.

https://twitter.com/PoliceMv/status/1264394924708950016?s=19

މި ހުސްވި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި މާލޭ ސިޓީ ލޮކްޑައުންކޮށްފައިވަނީ، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެންމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މިގޮތުން މި އަމުރާއި ޚިލާފުވާ މީހުން ޖޫރިމަނާކޮށް ހައްޔަރުކުރާނެކަމަށް ފުލުހުން އަންގާފައިވެއެވެ. ނަމަވެސް އެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނުކުމެފައިވާ އެތައްބަޔަކު މިހާތަނަށް ޖޫރިމަނާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: