ދ.ބަނޑިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި ކަން ހާމަކޮށް ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި ހިނގާ މަހުގެ 23 ވަނަ ދުވަހުގައި ހިންގި އޮޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ގޮތުން، ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބެލި ބެލުމުގައި، އޭނާގެ އަތުގައި އޮތް ދަބަހެއްގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހިނެކެވެ.
ދ.ބަނޑިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ވަނީ މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައެވެ.

