ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަސްކޮށްފި

53 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ގެ ތެރެއިް. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް -19 އިގެ ސަބަބުން، ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.

މި ކަމާއި ގުޅިގެން، ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް(ބީބީއޭއެމް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އިގެ ސަބަބުން، ދުނިޔެއާއި ރާއްޖޭގައި އަޅާފައިވާ ތަފާތު ފިޔަވަޅުތަކާއި، އަދި ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާތީ، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަސްކޮށްފައިވާކަމަށެވެ.

ބީބީއޭމް ބުނިގޮތުގައި، މި ކަން މި ގޮތަށް ނިންމީ، މިނިސްޓަރ އޮފް ޔޫތާއި، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕްވަރމަންޓާއި، އޭބީބީއެފް އާއި، އެ އެސޯސިއޭޝަނާއި ކުރެވުނު މަޝްވަރާތަކާ އެކީގައެވެ.

މި ގޮތުގެ މަތިން ދެން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު 01 ވަނަ ދުވަހުން ފެށިގެން އެ މަހު 07 ވަނަ ދުވަހާއި ހަމައަށްކަމަށް ބީބީއޭއެމް އިން ހާމަކުރެއެވެ.

ބީބީއޭއެމް އިން ބުނީ، މިފަދަ ނުރައްކާތެރި ހާލަތެއްގައި ދިވެހި ސަރުކާރާއި، އިންޓަނޭޝަނަލް ފެޑެރޭޝަނާއި، އެ އެސޯސިއޭޝަނުން ވެސް އިސްކަންދީފައިވާނީ، މުޖުތަމަޢުގެ ރައްކާތެރިކަމަށް ކަމަށެވެ.

މީގެ އިތުރުން، އެ ކުޅިވަރު ގައި ބައިވެރިވާ އެތްލީޓުންނާއި، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ރައްކާތެރިކަމަށްކަމަށެވެ.

ބީބީއޭއެމްއިން ވަނީ، މި ހާލަތުގައި ދަޢުލަތުގެ ވުޒާރާތަކުން ދެމުންގެންދާ އެކިއެކި އިރުޝާދުތަކަށް ބޯލެނބުމަށާއި، ކިޔަމަންތެރިކަމާއެކު ކޮންމެ މީހަކު ވެސް، އެ މީހެއްގެ ފަރުދީ ޒިންމާއަދާކުރުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: