ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކުގައި ދެފުށް ފެންނަ އުސޫލެއް ނެތް: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައިސަލް ނަސީމް ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ދެކޮޅު ނޫން ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު ފެންނަ ބޮޑު ކާމިޔާބީ ހޯދުމުގައިވެސް ބޭރުގެ އިންވެސްޓްމަންޓްތަކުން ބޮޑު ހިއްސާއެއް އަދާކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ރަސްމާލެ މަޝްރޫޢަކީ ޤައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުޠުތަކާއި އެއްބަސްވުންތަކުގެ އިތުރުން ދިގުމުއްދަތުގައި ނިކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށް ހިއްސާކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްޤެއްކަން ފާހަގަކުރައްވަމުން ކުރީގެ ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންގެ އަޑުއަހައި އެ މީހުންގެ ކަންބޮޑުވުންތަކަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ނަމަވެސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށްވެސް ފައިސަލް ނަސީމްގެ ޕޯސްޓުގައި ވަނީ ބަޔާންކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: