ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރުމީނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަރުމީނިއާގެ އެއާލައިނެއް ކަމަށްވާ ޝިރަކް އޭވިއާއިން އެ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ޝެޑިއުލް ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަރުމީނިއާގެ ވެރިރަށް ޔެރެވާނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު، ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737-800 މަރުކާގެ ބޯޓެވެ. ދަތުރުމަތީގައި އޮމާންގެ މަސްކަޓަށް ޖައްސައި ތެޔޮ އެޅުމަށް ހަމަޖެހިފައިވާއިރު، މުޅި ދަތުރުގެ ޖުމްލަ ވަގުތަކީ ގާތްގަނޑަކަށް 8 ގަޑިއިރެވެ.

މި ފްލައިޓްތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މި ދަތުރުތަކުގެ ޝެޑިއުލް މިހާރު ރޭވިފައިވަނީ މާޗު 2027 ގެ ނިޔަލަށެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަކީ 2026/27 ގެ ފިނި މޫސުމަށް އަމާޒުކޮށްގެން އެ އެއާލައިނުން ދަތުރުތައް ފުޅާކުރުމަށް ހިންގާ ޕްލޭނުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. މި ޕްލޭނުގެ ދަށުން ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ދަތުރުތައް ފެށުމަށް އެ އެއާލައިނުން ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: