ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިވަރު ކަރަންޓީން ފެސިލިޓީ: ކުންޏާއި، މަދިރި، ސޫފާސޫފިން ފުރިފަ، ސިއްހީ ގޮތުން ރައްކާތެރިތަނެއް ނޫން!

ވިލިވަރު ކަރަންޓީން ފެސިލިޓީއަށް މިނިސްޓަރުން ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔޮ ގައި ހަލުވިކަމާއެކު ފެތުރެމުންދާ  ކޮރޯނާ ވައިރަސް (ކޯވިޑް-19)އާ ގުޅިގެން، އެ ބަލީގެ ޢަލާމާތްތައް ހުރިކަމަށް ޝައްކުކުރެވި މީހުންނާއި، ބަލި ހުރިކަމަށް ޓެސްޓުތަކުން ޕޮޒިޓިވްވާ މީހުން ކަރަންޓީން އަދި އެކަހެރިކުރުމަށް ގާއިމް ކޮށްފައިވާ ވިލިވަރު ކަރަންޓީން ފެސެލިޓީއަކީ ކުންޏާއި، މަދިރި، ސޫދާސޫފިން ފުރިފައިވާ ތަނެއްކަމާއި ވިލިވަރު ކަރަންޓީން ފެސިލިޓީ މިވަގުތު ހުރި ގޮތަކީ ބަލި މީޙުން ކަރަންޓީން ކުރެވޭފަދަ ގޮތަކަށް ނޫންކަން ހާމަވެއްޖެއެވެ. 

ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ޒިޔާރަތަށް ފަހު އާންމުކުރި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. 

ކ. ވިލިވަރުގައި ޤާއިމު ކުރެވިފައިވާ މަރުކަޒަކީ 218 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަރުކަޒުގައި ބައިތިއްބާ ފަރާތްތައް ތިބޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ޓެންޓުތަކެއްގައިކަގައެވެ. ތަނުގައި ތިން ޓެންޓު ހުރިއިރު ފުރަތަމަ ޓެންޓުގައި 90 މީހުންނަށް ތިބެވޭނެ ޖާގަހުރިއިރު ދެވަނަ ޓެންޓުގައި 96 މީހުންނަށް ތިބެވޭނެ ޖާގަހުރިއިރު، ތިންވަނަ ޓެންޓުގައި 36 މީހުންނަށް ތިބެވޭނެ ޖާގަހުރިކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުންނާ ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވެއެވާކަން އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވިލިވަރުގައި ހުރި ޓެންޓުތަށް ހިޔާކުރުމަށް ބޭނުންކޮށްފައިވަނީ ސަތަރިކަމާއި، ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ޓެންޓުގެ އެތެރެ ވަރަށް އަޑުގަދަކަން ފާހަގަކުރެވިފައިވާކަމާއި، ވައިގަދަވާއިރު ކެނޑިނޭޅި ވައިގެ އަޑު ޓެންޓު ތެރެއަށް އިވޭކަމާ މިކަން އެހެން ދިމާވަނީ ޓެންޓުތައް ފަރުމާކުރެވިފައިވާގޮތުންކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. 

https://twitter.com/alirazzan/status/1262079446070095873

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  ވިލިވަރުގައި ތިބޭ ފަރާތްތައް ބޭނުންކުރުމަށް 2 ފާޚާނާ ބަރި ޓެންޓުތަކުގެ ފަހަތުގައި ހަދާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ފުރަތަމަ ފާޚާނާ ބަރީގައި 14 ފެންވަރާތަނާއި، 10 ފާޚާނާއާއި، 4 މޫނުދޮންނަ ތަށި ހުރިކަން ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، ދެވަނަ ފާޚާނާ ބަރީގައި 15 ފެންވަރާތަނާއި ދިހަ  ފާޚާނާއާއި ތިން  މޫނު ދޮންނަ ތަށި ހުރިކަން ފާހަގަކުރެވިފައިވެއެވެ. ފެންވެރުމަށް ޝަވަރު ހަރުކޮށްފައިވާތަނުގައި އެކަކު އަނެކަކަށް އެއްވެސް ހުރަހެއްނެތި ގާތްގާތުގައި ފެންވަރަން ތިބެން ޖެހޭކަން ފާހަގަކުރެވިފައިވާއިރު، ވިއްސާރަ ދުވަހެއްގައިނަމަ ވިލިވަރު ކަރަންޓީޏް ފެސިލިޓީޣައި ތިބޭ ފަރާތްތައް ފާޚާނާއަށް ދާންއޮންނަ ސަރަހައްދަކީ ހިޔާކުށްފައިވާ ތަނެއްނޫންކަން އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. 

މަރުކަޒުގައި ތިބޭފަރާތްތަކުގެ އަންނައުނު ދޮވުމަށް 10 ދޮންނަ މެޝިނު ހުރިކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވާކަމަށްރިޕޯޓުގައިވަނީބުނެފައެވެ. 

ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބޭ މީހުން ފެންވަރުމަށް ގާއިމް ކޮށްފައިވާ ތަން

ވިލިވަރުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ގާއިމް ކޮށްފައިވާ ޓެންޓުތަކުގެ އެތެރެ ބިންމަތީގައި ތަޅުން އަޅާފައިވީނަމަވެސް، ޓެންޓުތަކުގެ ބޭރުގައި ވެލިއޮތުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ތަނުގެ އެތެރެގައި ފެން ހެދި ފެން ހަރުލުމުގެ ފުރުޞަތުއޮތްކަން ފާހަގަކުރެވިފައިވާއިރު ގަދަވަޔާއެކު ވިއްސާރަވެއްޖެނަމަ ޓެންޓްތަކަށް ވިއްސާރައިގެ އަސަރުކުރާނެކަންއެޗްއާރުއީއެމްގެރިޕޯޓުގައިވަނީފާހަގަކޮށްފައެވެ. 

މަރުކަޒަށް ގެންނަ ފަރާތްތަކާއި، މަސައްކަތްކުރާ މުވައްޒަފުންނަށް ކެއުން ފޯރުކޮށްދެމުންގެންދާނީ މަރުކަޒުގައި ޤާއިމުކޮށްފައިހުރި ބަދިގެ ގައިކަމާއި، މަރުކަޒަށް ގެނެވޭ ފަރާތްތަކަށް ޕާރުސަލުގައި ކެއުން ފޯރުކޮށްދެމުންގެންދާނެކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވާކަމަށްއެޗްއާރުސީއެމްފެރިޕޯޓުގައިވަނީބުނެފައެވެ. 

އެޗްއާރުސީއެމްފެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަރުކަޒުގައި ޤާއިމުކޮށްފައިވާ ބަދިގެ ސާފުތާހިރުނޫންކަމާއި، ބަދިގެއެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދަނީ ޖާގައިގެގޮތުން ކުޑަތަނެއްކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ބަދިގޭގައި ވައި ދައުރުކުރުމަށް ހުރި އެގްސޯސްޓްގައި ހިރަފުސްހިފާފައި ހުރިކަންއެޗްއާރުސީއެމްގެރިޕޯޓުގައިވަނީފާހަގަކޮށްފައެވެ. 

ވިލިވަރު ކަރަންޓީން ފެސިލިޓީގައި މީޙުން ތިބުމަށް ގާއިމްކޮށްފައިވާ ތަން

ވިލިވަރުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށާއި މަރުކަޒަށް ގެންނަ ފަރާތްތަކަށް ކެއުން ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ އެއް ދިވެއްސެއްގެ އިތުރުން 2 އިންޑިޔާގެ ރައްޔިތަކާއި، 13 ބަންގްލަދޭޝް ރައްޔިތުންނެވެ. މި ފަރާތްތައް ނިދުމަށް ހަމަޖައްސާފައިވަނީ ކައްކާ ސަރަޙައްދުގައި ހުރި 2  ކޮޓަރިއެއްކަމާއި، އެހެންނަމަވެސް ފާޚާނާކޮށް ފެންވެރޭނެ ނިޒާމެއް ޤާއިމުވެފައި ނުވާކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓިގައި ވަނީ ބުނެފައެވެ. މީގެއިތުރުން، ފެންވެރުމަށާއި ފާޚާނާ ކުރުމަށް ކޮންމެ ފަހަރަކުމެ ދާންޖެހެނީ ހަތަރެއް ނުވަތަ 5 ވަރަކަށް މިނެޓު ހިނގާފައި  މަރުކަޒުގައި ޙަރަކާތްތެރިވާ އެހެން މުވައްޒަފުން ތިބުމަށް ޚާއްޞަކޮށްފައިވާ ޢިމާރާތައްކަން ފާހަގަކުރެވިފައިވެއެވެ. މި ގޮތަށް މިކަން އޮތުމުގެ ސަބަބުން އުނދަގޫވާކަމަށް މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުން ދީފައިވާ މަޢުލޫމާތުންނާއި ކޮމިޝަނުން ބެލިބެލުމުން ފާހަގަކުރެވިފައިވާކަންރިޕޯޓުގައިވަނީބުނެފައެވެ. 

ހަމައެހެންމެ  މުޅި ރަށުގައިވެސް މެހި ވަރަށް ގިނަކަން މުވައްޒަފުން މަޢުލޫމާތުދީފައިވާއިރު، ކޮމިޝަނުން ބެލިބެލުމުންވެސް މިކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. މަރުކަޒުގައި ތިބ ފަރާތްތަކާއި، މުވައްޒަފުންނަށް ކެއުން ފޯރުކޮށްދެމުންދާއިރު، މެހި އަދި ސޫފާސޫފި ފަދަތަކެތި މަރުކަޒުގައި ގިނަވުމަކީ މަރުކަޒުގައި ތިބޭ ފަރާތްތައް އިތުރު ބައްޔަކަށް ހުށަހެޅިދާނެކަމެއްކަންއެޗްއާރުސީއެމްގެރިޕޯޓުގައިވަނީފާހަގަކޮށްފައެވެ. 

.މުޅި ރަށުގައި މަދިރި ވަރަށް ގިނަކަން ޒިޔާރަތްކުރިއިރު ކޮމިޝަނަށް ފާހަގަކުރެވިފައިވާއިރު، މަރުކަޒުގައި މަދިރިއަށް ކޮންމެ ދުވަހަކު ދެފަހަރު ފޮގްކުރާކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި ރަށަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކޮށްފައިވާ  ރަށެއްކަމަށްވެފައި، ގިނަ ދުވަސް ތަން ބޭނުންކޮށްފައިނުވުމުގެ ސަބަބުން، ރަށުގެ އެކި ސަރަހައްދުތަކުގައި ފަސޭހައިން ނައްތާނުލެވޭ ފަދަ ކުނި ގިނަ އަދަދަކަށް ހުރިކަމާއި، ވިއްސާރަ މޫސުމުގައި ފެން ހަރުލާފަދަ ކުނި ހުރިކަން އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

ވިލިވަރު ކަރަންޓީން ފެސިލިޓީގައި މީޙުން ތިބުމަށް ގާއިމްކޮށްފައިވާ ތަން

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވިލިވަރު ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ކުއްލި ޙާލަތެއްގައި ރަށުން ބޭރަށްދާން ޖެހިއްޖެނަމަ ދަތުރުކުރުމަށް ޚާއްސަ ލޯންޗެއް ރަށުގައި ބާއްވިފައި ނޯންނައިރު އެފަދަ ޙާލަތެއްދިމާވެއްޖެނަމަ މުވައްޒަފުން އެން.ޑީ.އެމް.އޭ އަށް އެންގުމުން އެން.ޑީ.އެމް.އޭ އިން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވާކަމަށް މުވައްޒަފުން ދީފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. 

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  ވިލިވަރުގައި  އަލިފާނުގެ ހާދީސާއެއް ހިނގައިފިނަމަ ނިއްވާލެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނުވާކަމަށް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންދީފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވާކަން ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. 

އެޗްއާރުސީއެމްގެ ރިޕޯޓް ނިންމާލަމުން ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ފަހުގައި ނޫނީ ވިލަރުގައި މީޙުން ނުބޭތިއްބުމަސް ވަނީ އަންގާފައެވެ. އެގޮތުން އިސްލާހު ކުރުމަސް އެޗްއާރުސީއެމްއިން އަންގާފައިވާ ކަންތައްތަކަކީ  ވިލިވަރުގައި މީހުން ކަރަންޓީނު ނުވަތަ ޞިއްޙީގޮތުން އެކަހެރިކުރުމުގެ ކުރިން  މަރުކަޒުގައި ތިބޭފަރާތްތައް ވިއްސާރައިން ސަލާމަތްވާނެ ގޮތަކަށް ފާޚާނާތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. 

ވިލިވަރު ކަރަންޓީން ފެސިލިޓީގައި ފެންވެރުމަށް ބޭނުންކުރާ ތަނަށް ބަދަލުގެނެސް އެ ފަރާތްތަކުގެ އިންސާނީ ކަރާމާތް ރައްކާތްތެރިކޮށްދިނުމާއި، މަރުކަޒުގައި ބޭނުންކުރަމުންދާ ބަދިގެ ގެ ސާފުތާހިރުކަމަށް އެކަށީގެންވާ ހައްލެއްގެނެސް، މަރުކަޒުގައި މަދިރިއާ މެހި އަދި ސޫފާސޫފި މަދުކުރުވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޗްއާރުސީއެމްއިން ވަނީ އަންގާފައެވެ. 

މީގެއިުތރުން ވިލިވަރުގައި ހުރި ޓެންޓުތަކަކީ ވިއްސާރައިން ރައްކާތެރިވެވޭނެ ތަންތަނަށް ބަދަލުކުރުމާއެކު ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންވެރުމާއި ފާޚާނާކުރަމަށް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސައި، މަރުކަޒުގައި އަލިފާން ނިއްވާލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.  އަދި  ކަންކަން އިސްލާޙުކުރުމަށްފަހު މެނުވީ ވިލިވަރުގައި މީހުން ކަރަންޓީނު ނުވަތަ ޞިއްޙީ ގޮތުން އެކަހެރިނުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ކަމާއި ބެހޭ އެންމެހައި ފަރާތްތަކަށް އަންގާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: