ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑުން ރަނގަޅު ވީ މީހުންގެ އަދަދު 144 އަށް!

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުން: ބަލި ޖެހިފައި ތިބި މީހުން މިހާެރު ވަނީ މަޑުމަޑުން ރިކަވާރ ވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅު ވީ މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.

ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކޮވިޑަށް ހާއްސަ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކޮވިޑު ކޭސްތަކުގެ ތަފްސީލީ މައުލޫމާތައް އެ ވެބްސައިޓު މެދުވެރިކޮށް ލިބޭއިރު ކޮވިޑުގެ ތަފާސް ހިސާބުތައް ފޯރުކޮށް ދޭ ޑޭޝްބޯޑުގައި ވާ ގޮތުން މިހާތަނަށް ބަލީން ރަނގަޅު ވީ މީހުންގެ އަދަދަކީ 144 އެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 1،371 އަށް އަރާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 1،221 ކޭސްއެކެވެ. އަދި މިރޭ 58 މީހަކަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން 4 މީހަކު ވަނީ ނިޔާވެފައެވެ.

ބައެއް ކޭސްތަކުގެ ރިކަވަރީ ރޭޓު ދަށްވުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިފާ މީހަކު ބަލިން ރަނގަޅުވީ ތޯ ސާމްޕަލް ނަގާނީ އެ މީހެއްގެ ހުރިހާ އަލާމާތެއް ނެތި ދިއުމުން ކަމަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ނުވަތަ ހިކި ކެއްސުމެއް ހުންނަ ކަމުގައި ވާނަމަ ވެސް އެކަން އެކީ ރަނގަޅުވަން ދެން މަޑު ކުރާ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ޕޭޝަންޓެއް ބަލީން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އެ މީހެއްގެ ދެ ސާމްޕަލްއެއް ނަގާ އެ ދެ ސާމްޕަލް ވެސް ނެގެޓީވް ވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: