ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް، 8 މީހަކަށް ފަރުވާދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ”ފަތްމިނި“ ޕެޓްރޯލް ޝެޑުގައި މިއަދު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ރަށުތެރެއަށް ބޯދުން ފެތުރި އަލިފާނުގެ އަސަރުކުރި 8 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަށުގެ ސްކޫލުތަކުގެ ކިޔެވުން ވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ކައިރީގައި ހުރި ގެއަކަށާއި ގަރާޖަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އަލިފާން ރޯވި ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވެމުންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ނުރައްކާ ބޮޑުވި ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ވަގުތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް ހުސްކޮށްފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި ފުލުހުންނާއި ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށް އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ޓީމެއް ވެސް ފުނަދުއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: