ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުން އެސްއެމްއީތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭންކުން ނިންމައިފިއެވެ.

މި ޚިދުމަތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ފަހިކޮށްދޭ ފުރުސަތެކެވެ. މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ އެސްއެމްއީތަކަށް ބޭރުގެ ކަސްޓަމަރުން ދައްކާ ފައިސާ، އެމެރިކާ ޑޮލަރުން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

މި އައު ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ފައިސާގެ މުޢާމަލާތްތައް ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އެ ފަރާތްތަކުގެ ވިޔަފާރީގެ ދާއިރާ ރާއްޖެއިން ބޭރަށް ފުޅާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން އަމާޒު ހިފާފައިވަނީ އަންނަ ނޮވެންބަރު 1، 2026 އިން ފެށިގެން މި ޚިދުމަތް ރަސްމީކޮށް ފެށުމަށެވެ. އަދި ވިޔަފާރިވެރިންނަށް މި ޚިދުމަތް ވީހާވެސް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބޭންކުން މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: