ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: ރައީސް ކަންބޮޑުވުން ފާޅުކުރައްވައި، އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފުނަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ހާދިސާގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަން އެދިވަޑައިގަންނަވާ ކަމަށާއި، މުދަލަށް ގެއްލުން ލިބުނު ފަރާތްތައް އަވަހަށް އާއްމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓް

މި ކުއްލި އަދި އުނދަގޫ ހާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ރައީސް ވަނީ ގިނަ ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދާދިފަހުން ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއް ގެއެއް އަނދައި އަޅިއަށްވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، އަދި އޭގެ އިތުރުން އެ ގޭގެ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. ބައެއް ގަރާޖުތަކަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ.

އަލިފާން ރޯވެ މުޅި ރަށަށް ދުން ފެތުރުމާ ގުޅިގެން ފުނަދޫ ސްކޫލުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ. އަދި ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިވަގުތު ހިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަރޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އަލިފާން ކޮންޓްރޯލް ކުރުމަށް ދިވެހި ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔަރ ފައިޓާސްގެ އިތުރުން ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި، އެންޑީއެމްއޭއިން މިހާރު ދަނީ މި ހާދިސާގެ ސަބަބުން ހާލުގައި ޖެހި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: