ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން: އަމުރާއި ޚިލާފުވި އިތުރު 188 މީހަކު ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ހާލަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 188 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާާމަކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހޯމަދުވަހު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވި 188 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރުތަކާއި ޚިލާފުވި 12 މީހަކު، ހައްޔަރުކޮށްފައިވާނެ
ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ހޯމަދުވަހު ހައްޔަރުކުރި މީހުންނާއެކު މިހާތަނަށް، ޖުމްލަ 282 މީހަކު ހައްޔަރުކޮށްފައިވާނެކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ޒަރޫރީ ބޭނުންތަކުގައިވިޔަސް ބޭރަށް ނުކުުންނަން ބޭނުންވާނަމަ، ނުުކުމެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ. އެ ނޫންގޮތަކަށް ނުކުންނަނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ސަރުކާރުންވަނީ އަންގަފާއެވެ. މި ގޮތުން ހޯމަ ދުވަހު ހުއްދައާއި ނުލައި ނުކުމެ އުޅުނު 188 މީހަކު ޖޫރިމަނާކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާއިރު ހުއްދައާއެކު ނުކުންނަ މީހުންގެ މަޢުލޫމާތުވެސް ފުލުހުން ވަނީ، ޢާންމުކޮށްފައެވެ. މި ގޮތުން އަންގާރަވިލޭރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކްވަނީ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެެ.

”ލޮކްޑައުންގެ ހާލަތުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން، ބިޒްނަސް ޕަރމިޓްގެ ގޮތުގައި 2806 ޕަރމިޓެއް ދެވިފަވޭ. އަދި ފިހާރަތަކަށް ތަކެތި ގަތުމަށް ދިއުމަށް 31,000 ޕަރމިޓެއް މިއަދު ދޫކުރެވިފައިވޭ.“ މަބްރޫކް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: