ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫންމަހުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވޭނެ، ރީޓެއިލް ވިޔަފާރި ވެސް ފެށިގެންދާނެ: އަމްރު

އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫންމަހުން ފެށިގެން ރީޓެއިލް ވިޔަފާރި ފެށިގެން އަންނާނެކަމަށާއި، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާލާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އަމްރު ވިދާޅުވި ގޮތުގައި، ކުންފުނީގެ ބައެއް މަސައްކަތްތަކަށް ބުރޫއަރާފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އަމްރު ވިދާޅުވީ، މިހާރު ވެސް 220 ކޮންޓެއިނަރ ބަނދަރުގައި އެބަހުރިކަމަށާއި، ކަނޑުމަގުގެ އިތުރުން ވައިގެ މަގުން ވެސް ބޭހުގެ ބާވަތްތައް ގެންނަމުންދާކަމަށެެ. ނަމަވެސް މުވައްޒަފުން މަދުވުމުގެ ސަބަބުން އެ ތަކެތި އަދި ކްލިއަރ ނުކުރެވޭކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި، މިހާރު ތިބި މުވައްޒަފުންގެ މަސައްކަތާއެކު ކްލިއަރ ކުރެވެނީ 7 ކޮންޓެއިނަރެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ކޮންޓެއިންރުތައް ކްލިއަރކުރުމުގައި އެންމެ ޚާއްސަކަމެއްދެނީ، ކާބޯތަކެއްޗާއި، ބޭހާއި ސިއްހީ އާލާތްތަކަށްކަމަށެވެ.

މި ގޮތުން، ހޯމް އިމްޕްރޫވްމަންޓަށް ގެންނަން އޯޑަރުކޮށްފައި ހުރި ބައެއް އައިޓަމްތައް ވެސް އައިސްފައި ހުރިކަމަށާއި، ނަމަވެސް އަދި އެ ތަކެތި ކްލިއަރކުރުމުގެ ކަންތައްތައް މަޑުޖައްސާލާފައިވާކަމަށާއި، މަސައްކަތްތައް އިތުރުކުރެވޭނީ މުވައްޒަފުން އިތުރުކޮށްގެންކަމަަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވިގޮތުގައި، މުދާ ކްލިއަރކުރުމުގެ މަސައްކަތްތަކާއި، ސަޕްލައި ޗެއިންގެ މަސައްކަތްތައް މިހާރު މެނޭޖްކުރަމުން ގެންދަނީ، ރޯޑް ކޯޕަރޭޝަނާއި، މާލޭ ސިޓީ ކައުންސިލްގެ ސްޓާފުންނާއި އެކީގައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: