ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު އޮތް ހައްލަކީ ގާނޫނުއަސާސީ އިސްލާހުކޮށް ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުން: އަލީ ނިޔާޒް

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާއިރު އުފެދިފައިވާ ހިޔާލްތަފާތުވުންތަކެއް އޮތް ހަމައެކަނި ހައްލަކީ ގާނޫނުއަސާސީ އިސްލާހުކޮށް މިހާރުތިބި ކައުންސިލްތަކުގެ ދައުރު އިތުރު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމާއި އިންތިހާބު ފަސް ކުރުން ސަރުކާރުން ބޭނުން ވަނީ އެކުއެކީގައި ކަމަށާއި އެކަމަށްޓަކައި އިންތިހާބު ފަސްކުރުމުގެ ބިލާއިއެކު ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅި ކަމަށެވެ. 

ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި މެދު މެމްބަރުންގެ މެދުގައި ހިޔާލްތަފާތުވުން އުދެދިފައިވާ ކަމަށާއި ނަމަވެސް މިހާރު އުފެދިފައިވާ ހުރިހައި ދެބަސްވުންތަކާއި ހިޔާލްތަފާތުވުންތަކަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުން ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ މެމްބަރުންގެ މެދުގައި ހުޔާލްތަފާތުވުން އޮތީ ކައުންސިލްތަކުގެ ދައުރު ހަމަވުމުން ގާނޫނު ހުސްކަމެއްގެ ތެރެއަށް އައިސްދާނެތީ ކަމަށާއި އެހެން ކަމުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. 

އަލީ ނިޔާޒް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ބޭއްވުނު މަޖިލިސް އިންތިހާބު ވެސް އަދި ކައުންސިލް އިންތިހާބު ބޭއްވިފައި ވަނީ ކަނޑައެޅިފައިވާ ތާރީހަށްވުރެ ލަހުން ކަމަށާއި އަދި ރިޔާސީ އިންތިހާބު ވެސް ބޭއްވިގެން ދިޔައީ ކަނޑައެޅިފައިވާ ތާރީހަށް ވުރެ ލަހުން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދިމާވި ކަންކަން ހައްލު ކުރީ އޭރު އިންތިހާބުކޮށްފައި ތިބި މީހުން މަގާމްތަކުގައި ބައިތިއްބައިގެން ކަމަށާއި އެހެން ކަމުން މިފަހަރުވެސް އެކަން ކުރެވޭނީ ހަމަ އެ އެސޫލުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

އަލީ ނިޔާޒް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުން ފާސްކުރާ ގަރާރަކުން މަޖިލީހުގެ ދައުރު އެއް އަހަރަށް އިތުރު ކުރެވިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެހެން މިހާރު ދިމާވެފައިވާ ހާލަތަށް ބަލާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މުއްދަތު އިތުރު ކުރެވޭ ކައުންސިލްތަކުގެ އުމުރު ދަންމަނީ އެއް އަހަރު ދުވަހަށް ކަމަށާއި އެހެން ކަމުން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދެންމެން ޖެހޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުން އަލީ ނިޔާޒް ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ހާލަތަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ ހާލަތެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހާއްސަ ހާލަތެއް ކަމަށެވެ. އެހެން ކަމުން މި ހާއްސަ ހާލަތުގައި ދުނިޔޭގެ އެހެން ވެސް ގައުމުތަކުގައި ހާއްސަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުގެ މަތިން މި ހާއްސަ ހާލަތުގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ކަމުން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެކަން ކުރުމަކީ އެއީ އޭނާ ގަބޫލު ކުރާ ގޮތް ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: