ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތެއް އާންމު ގާނޫނަކުން ބަދަލެއް ނުކުރެވޭނެ: ހިސާން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތަކަށް ނުވަތަ ކަމަކަށް ގާނޫނުއަސާސީ އިސްލާހުނުކޮށް އާންމު ގާނޫނަކުން ބަދަލެއް ގެނެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ވިދާޅުވެއްޖެއެވެ. 

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު ހަމަވާތީ ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ޖޫން މަހުގެ ތިން ވަނަ ދުވަހު ކައުންސިލްތަކުގެ ދައުރު ހަމަވުމުން ދިމާވެދާނެ ގާނޫނީ ހުސްކަމަކަށް ހައްލެއް ހޯދުމަކީ މަޖިލީހުގެ ދުސްތޫރީ ޒިންމާއެއް ކަމަށެވެ. 

ހިސާން ވިދާޅުވީ މިހާރު ދުނިޔެއަށް މިދިމާވެފައިވާ ހާއްސަ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން އިންތިހާބު ފަސްކުމުގެ ހާއްސަ ބިލެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބު ފަސްކުރުމަށް ފަހު ދެން ދިމާވާ ހާލަތަށް ވެސް ހައްލެއް ހޯދައި ދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އެކަން ނުކޮށް މަޖިލީހަށް ދޫނުކޮށްލެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. 

ހިސާން ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ އެންމެ ފަހު މަރުހަލާގައި ކުރަން ޖެހޭ ކަމެއްކަން ހުރިހައި މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށާއި އެކަމަށްޓަކައި ވަރަށް ގިނަ ބަހުސްތަކެއް ކުރެވި ގާނޫނުއަސާސީ އިސްލާހުނުކޮށް އެހެން ގޮތަކަށް ގާނޫނީ ހައްލެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވި ބަހުސްތަކެއް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކުން ގާނޫނީ ހައްލެއް ލިބިފައި ނުވާ ކަމަށާއި އަދި އެންމެން އެއްބަސްވެވޭ ގާނޫނީ ހަމައަކަށް ވެސް ދެިވފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން ކުރިމަތިވެދާނެ ގާނޫނީ ހުސްކަމަކަށް އަދި ދިމާވެފަިއވާ ހާލަތަށާއި މައްސަލައަށް ހައްލެއް ހޯދޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް ހިސާން ވިދާޅުވިއެވެ. 

މީގެއިތުރުން ހިސާން ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް އާނާ ތާއިދު ކުރައްވާ ގޮތަކީ ގާނޫނުއަސާސީ އިސްލާހުކޮށްގެން އެކަން ކުރުން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކައުންސިލްތަކުގެ ދައުރު ދެންމުމުން ދިމާވެދާނެ މައްސަލަތަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުން ހައްލު ލިބިގެންދާނެ ކަމަށާއި އެ ބިލްގެ މަސައްކަތް ނިމިފައިވާކަން ހިސާން ހާމަކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: