ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިގެ އަސަރެއްނެތް ރަށްތަކާއި، މޮނިޓަރިންގެ ހާލަތުން ނެގުނު ފަހުން 14 ދުވަސްވެފައިވާ ރަށްރަށުގައި ކުޅިވަރުކުޅުމުގެ ހުއްދަދީފި

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރިފައިނުވާ ރަށްތަކުގައި، މޮނިޓަރިންގެ ހާލަތުން ނެގުނު ފަހުން 14 ދުވަސްވެފައިވާ ރަށްރަށުގައި ކުޅިވަރުކުޅުމުގެ ހުއްދަދީފިއެވެ.

މި ކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ޢާންމު ކުރި ބަޔާނުގައި ބުނީ، ކޮވިޑް-19 ފެތުރިފައިނުވާ ރަށްތަކާއި، މޮނިޓަރިންގެ ހާލަތުން ނެގުނު ފަހުން 14 ދުވަސްވެފައިވާ ރަށްރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށްއެދި މިނިސްޓްރީއަށް ހުށަހަޅަމުންދާކަމަށެވެ.

މި ކަމާއި ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ހޯދާފައިވާކަމަށް
ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މި ގޮތުން، ކޮވިޑް-19 ފެތުރިފައިނުވާ ރަށްތަކާއި، މޮނިޓަރިންގެ ހާލަތުން ނެގުނު ފަހުން 14 ދުވަސްވެފައިވާ ރަށްރަށުގައި ކުޅިވަރުކުޅުމާދެ، އެ ރަށްރަށުގެ ކައުންސިލްތަކުން ހުއްދަދެއްވުމާމެދު އިޢުތިރާޒެއްނެތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވާކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ގިނަބަޔަކު އެއްތަނަކަށް ޖަމާވެ ކުޅިވަރުކުޅުމަށާއި، ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތަކަށް ހިތްވަރު ނުދެއްވާކަމަށާއި، ގައިދުރުކަމަށް އިސްކަންދިނުމަށް ހިތްވަރުދޭކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފާހަގަކުރައްވާކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މޮނިޓަރިންގެ ހާލަތުން ނެގުނު ފަހުން 14 ދުވަސްވެފައިވާ ރަށްރަށުގައި، ކުޅިވަރުކުޅުމުގެ ހުއްދަދެއްވި ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް، ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ޖެހިދާނެކަން ކަމާބެހޭ އިދާރާތަކުން އަންގާކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: