ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައިވެސް ދައުލަތް ހުއްޓުމަކަށް ނާންނާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔުމަކީ އެ މަޖިލީހުގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށާއި މިހާލަތުގައިވެސް، ދައުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ކުރީގެ އުއްމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލތުގައި އެޗްޕީއޭގެ އިރުޗާދެއްނެތި މަޖްލީހުގެ ޖަލްސާތައް ބާއްވާ މައްސަލައިގެ ބޮޑު ބަހުޘެއް ހިނަމުންދާ ދަނޑިވަޅެއްގައި ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރެވިދާނެ ދެގޮތެއް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ފާއިޒް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔާތުން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައިވާ ދުސްތޫރީބާރުގެ ދަށުން، ރާއީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ އޮފް ޕަބްލިކް ހެލްތުގެ ލަފާގެމަތީން މިނިސްޓަރ އޮފް ހެލްތު އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭ ކަމަށެވެ.

މިހާރުމިއޮތީ މިނިސްޓަރ އިއުލާނު ކުރައްވާފައިވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ފާއިޒް ވިދާޅުވިއެވެ.

ދައުލަތާއި އަދި ސަރުކާރުގެވެސް އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށް ލިބިވަޑައި ނުގަންނަވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

ހަމައެގޮތަށް، އެހާލަތުގައި ސުޕްރީކޯޓުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި ދުސްތޫރީ މި މުއައްސަސާތައް، ކުއްލި ހާލަތު މެދުވެރިވުމުގެ ކުރިން ހިނގަމުންއައި ގޮތަށް މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަންގެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތީން މިނިސްޓަރ އިއުލާނުކޮށްފައިވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައި، ބައެއް އަސާސީ ޙައްޤުތައް ހިފެހެއްޓުމުގެބާރު އޮންނަ ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ދުސްތޫރީ އުޞޫލުތަކެއް އެކަމަށް ކަނޑައަޅާފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އާއްމު ޚިދުމަތްދޭ ތަންތަނާއި އެއާރޕޯޓު، ސްކޫލު ފަދަ ތަންތަން ބަންދުކުރުމާއި މިންގަނޑު ކަނޑައެޅުމުގެ ބާރު އެޗްޕީއޭ އަށާއި މިނިސްޓަރއަށް ލިބިވަޑައިގަން ކަމަށް ފާއިޒް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުގެ ބާރު މިނިސްޓަރއަށް ލިބިވަޑައިނުގަންނަވާކަމަށް ފައީޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ސަރުކާރު ބަންދުކުރެއްވުމަކީ ރައީސްގެ އިޚުތިޔާރީ ބާރެކެވެ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ގެންދިއުމަކީ މަޖިލީހުގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާޗް 12 ގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖު، ޔުނިވަސިޓީތަކާއި ކެފޭ، ރެސްޓޯރަންޓުތައް ވަނީ ބަންދުކޮށްފަ އެވެ. މާލެ އިން އެ ބަލީގެ މީހަކު މިދިޔަ މަހުގެ 15 ގައި ފެނުމުން އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، އެއްވެސް މީހަކަށް ގެއިން ބޭރަށް ނުކުމެވޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ޒަރޫރީ ކަމެއްގައި އެކަންޏެވެ. އެ ވެސް ފުލުހުންގެ ޚާއްސަ ހުއްދަ އޮންނަ މީހުންނަށް ލިބޭ ފުރުސަތެކެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: