ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 200 ބިދޭސީއަކު ޤައުމަށް ފޮނުވާލައިފި

ފޮޓޯ:އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އިތުރު 200 ބިދޭސީއަކު، ޤައުމަށް ފޮނުވާލައިފިއެވެ.

މި ކަން ހާމަކޮށް އިމިގުރޭޝަނުން މިއަދު ބުނީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 200 މީހަކު، އެ ޤައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

މި 200 މީހުން ފުރާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ބަންގްލަދޭޝްގެ މި 200 މީހުން ފޮނުވާލާފައިވާއިރު، ވޭތުވެދިޔަ ދެ ދުވަހުގައި ޗައިނާ އީސްޓަން އެއަރލައިންގެ ދެ ފްލައިޓެއްގައި، ރާއްޖޭގައި ތިބި އެ ޤައުމުގެ ގިނަބަޔަކުވަނީ ފޮނުވާލާފައެވެ.

އަންގާރަވިލޭރޭގެ ޕްރެސް ކޮންފްރެންސްގައި މަބްރޫކްވަނީ މި ކަން ފާހަގަކުރައްވާފައެވެ.

”ރިޕެޓްރިއޭޝަން ފްލައިޓެއް މިއަދުވަނީ، އިއްޔެއާއި މިއަދާއިވަނީ، ޗައިނާ އީސްޓަން އެއަރލައިންގެ ދެ ފްލައިޓެއްވަނީ އިއްޔެއާއި މިއަދާއިވަނީ ދަތުރުކޮށްފަ. ޖުމްލަ މީގެން ދަތުރުކޮށްފައިފައިވަނީ، 266 މީހުން މި ދެ ދުވަހުގެ މަތިން. އެއީ ވޫހާންއަށް ދަތުރުކުރި 106 މީހަކާއި، ޒެންގް ޒޯ އަށް ދަތުރުކޮށްފަވާ 830 މީހުން.“ މަބްރޫކް

މީގެ އިތުރުން ރާއްޖޭގައި ތާށިވެފައިތިބި ތައިލެންޑްގެ 15 މީހަކު ހޯމަދުވަހު އަނބުރާ ޤައުމަށް ގޮސްފައެވެ. ހަމައެއާއެކު އެ ޤައުމުގައި ތިބި 26 މީހަކު ވެސް ހޯމަދުވަހު ރާއްޖެ އައިސްފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

”26 ދިވެއްސެއް ތައިލެންޑްގަ މިވަގުތު މާލެނާދެވި ތާށިވެފައިތިބި 26 ދިވެއްސެއް މޯލްޑިވިއަންގެ ފްލައިޓުން ރާއްޖެއަށް މިއަދު އަތުވެއްޖެ. އެ މީހުން ހަމަ މޯލްޑިވިއަންގެ ފްލައިޓުގެ ޓިކެޓު އެ ބޭފުޅުން  ގަންނަވައިގެން ވަޑައިގަތީ. 14 ދުވަހުގެ ކަރަންޓީނަށް
އެ ބޭފުޅުން ވަޑައިގެން 14ދުވަހުގެ ކަރަންޓީނުގެ މުއްދަތު ނިންމުމަށްފަހުގަ އެބޭފުޅުންނަށް ރަށަށް ދެވޭގޮތަށް ހަމަޖެހިފައޮތީ.“ މަބްރޫކް

މީގެ އިތުރުން ރޭގެ ޕްރެސްގައި މަބްރޫކް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށްއުޅޭ 1,500 އެއްހައި މީހުން، އެ މީހުންގެ ޤައުމަށް ފޮނުވުމުގެ އިންތިޒާމް މިހާރުވަނީ ހަމަޖައްސާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި، 5000 އެއްހައި މީހުން ފޮނުވާލެވޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: