ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައި ޤާނޫނު އަސާސީއަށް ބަދަލުގެނެވޭ ކަމަށް ކުޑަކޮށްވެސް ޤަބޫލެއް ނުކުރަން: ހަސަން ލަތީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު މިއޮތް މާހައުލަކީ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނެ ކަހަލަ ހާލަތެއް ކަމަށް ކުޑަކޮށްވެސް ޤަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހަސަން ލަތީފްވަނީ މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން ހުށަހަޅުއްވާފައެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުޘްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނައިރު ގައުމު އޮތް ހާލަތަށް ބަލަން ޖެހޭ ކަމަށެވެ.

ހަސަން ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލު ގެންނައިރު އޭގެ އެންމެ ފުރިހަމަ އަސާސީ އެއް ސިފައަކީ ފުރިހަމަ ގޮތެއްގައި ރައްޔިތުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ފުރުސަތު އޮތުން ކަމަށާއި ނަމަވެސް އެ ފުރުސަތު މިހާރު ނެތް ކަމަށެވެ.

”އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން މިވަގުތު ރާއްޖޭގައި މިއޮތީކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނެ ކަހަލަ މާހައުލެއް ކަމަކަށް، އަޅުގަނޑު މިހެން މިދަންނަވާ ސަބަބު އަޅުގަނޑުގެ މޫނުމަތިން މިހިރީ ފެންނަން، އިއްޒަތްތެރި މެމްބަރުންގެ މޫނުފުޅު މަތިން އެހެރީ ފެންނަން“ ހަސަން

މީގެ އިތުރުން ހަސަން ވިދާޅުވީ އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން އަމަލު ކުރާނެ އިންތިގާލީ އުސޫލުތަކެއް މަޖިލީހަށް ކަނޑައެޅޭނެ ކަމަށެވެ. އަދި އެކަން ޤާނޫނު އަސާސީއާ ޚިލާފު ނުވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެސް އެކަންކުރުމަށް ހަސަން ވަނީ ނުވަ ކަމެއް ހުށަހަޅުއްވާފައެވެ،

އެގޮތުން އާ ގާނޫނެއް ހަދާއިރު މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން މަގާމުތަކުގައި ދެމިތިބެން ބޭނުންވާ މީހުން ދެނެގަތުމާއި އިންތިގާލީ މަރުހަލާގައި ކައުންސިލްތަކުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ކަނޑައެޅުމަށް ހުށަހެޅިއެވެ.

ހަސަން ދެން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ފައިސާ އާއި މުދާ ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުން، އަދި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަނާއި އެއްޗިއްސާ މެދު މި މުއްދަތުގެ ތެރޭގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އެއަށް އަމަލު ކުރަން ލާޒިމް ކުރުމާއި އެކަމެއް ތަންފީޒު ކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން އެގޮތަށް ކުރުން ލާޒިމް ކުރުން ހަސަންގެ ހުށަހެޅުމުގައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލުމާއި ކައުންސިލަރުން ގާނޫނާ ހިލާފުވުމުން އަމަލު ކުރެވޭނެ ގޮތާއި އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރުމަށް ހުށަހެޅިއެވެ.

އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކޮށްފައިވާ ފަރާތްތައް ކަމުގައި ވިޔަސް އެ ފަރާތްތައް އިންތިޚާބު ކުރި މުއްދަތު ހަމަވެފައިވާތީ އެ ފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލައި އެ ފަރާތްތަކަކީ ކައުންސިލަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ގާނޫނަކުން ކަނޑައެޅުމާއި ގާނޫނުން ކަނޑައަޅާ ގޮތަށް އަމަލު ކުރާނެ ކައުންސިލަރުން ނެތް ކައުންސިލްތަކަށް ވިލަރެސް ކުރާނެ ބައެއް އެލްޖީއޭއިން ކަނޑައަޅައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކުރިއަށް ގެންދާ ޖަލްސާގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: