ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ އަހަރީ އާއްމު ޖަލްސާ މިއަހަރު އޮންލައިކޮށް

ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި އަހަރު ކުރިޔަށް ގެންދާނީ އޮންލައިންކޮށް - ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

މުވާސަލާތީ ކުންފުނި ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި އަހަރު އޮންލައިންކޮށް އަންނަ މަހުގެ 11 ވަނަ ދުވަހު ބެއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ މައުލޫމާތުތައް ހިއްސާކޮށް ދިރާގުން ބުނެފައިވަނީ ބުނީ އެ ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:15 ގައި ކަމަށެވެ. އަދި މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވޯޓު ދިނުން ކުރިއަށް ދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ ”ފަހިވޯޓު“ މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމްގެ ތެރެއިންނެވެ.

މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ޖަލްސާގައި ހިމެނޭ ބައިތައް:
1- އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެންބަރަކު ހޮވުން
2- ހިއްސާގެ ފައިދާގެ ގޮތު ބަހަން ކަނޑައަޅާފައިވާ އަދަދު ފާސް ކުރުން
3- ކޭޕީއެމްޖީ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައެޅުން
4- އިންޓަރިމް ޑިވިޑެންޑް ބެހުމުގައި އަމަލު ކުރާނެ އުސޫލް ފާސްކުރުން

ދިރާގުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ޖެހޭ 12ރ. ގެ މަގުން، 912 މިލިއަން ރުފިޔާ ބަހަން އޭޖީއެމްއަށް ހުށަހަޅަން ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: