ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގައި މަސައްކަތްކުރާ 467 މުވައްޒަފަކު ކަރަންޓީނަށް

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެތެރެއިން، އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، ލޮކްޑައުންގައި ތާށިވެފައިތިބި މުވައްޒަފުންގެތެރެއިން 467 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފިއެވެ.

މި ކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި ރިސޯޓު މުވައްޒަފުންނަށް އެ މި ނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުޅުވައިލި ފުރުސަތުގެ ދަށުން މިހާތަނަށް ޖުމްލަ 582 މީހަކު ނަންނޯޓުކޮށްފައިވާކަމަށެވެ.

އަދި އެ މީހުންނަކީ ރިސޯޓުތަކުގެ މުވައްޒަފުންކަން ޔަޤީންކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ”ވެރިފައި ޕްރޮސެސް“ އަށް ފަހު އޭގެތެރެއިން 80 މީހަކު އުނިކޮށްފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ސައްހަ ލިސްޓުގައި ހިމެނޭ 502 މީހުންގެތެރެއިން، 35 މުވައްޒަފަކު ކަރަންޓީނު ފެސިލިޓީތަކަށް އަދި ނުގެންދެވޭކަމަށާއި، އޭގެތެރެއިން 26 މީހަކާ ގުޅޭ ގޮތްނުވުމުން، އެ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެނަސް އެ 26 މުވައްޒަފުންނާއި ގުޅުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: