ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީ ނިޔާވެފައި އޮތް ބިދޭސީއެއް ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ ބިދޭސީންގެ އަދަދުތައް ދަނީ އިތުރު ވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު ނިޔާވެފައި ވާ ކަމަށާއި އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވްްވެފައިވާ ކަމަށް އެންއޯއައިސީ އިން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ  ރޭގެ ވަގުތެއްގައި މަގުމަތީގައި ހޭނެތިފައި އޮތް ބަންގްލަ ދޭސް މީހެއް ފެނިގެން އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. އަދި އޭނާ ގެނައި އިރު ވެސް ނިޔާވެފައިވާ ކަަމަށާއި، އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނިޔާވި މީހާ ވަޒީފާ އަށް ނުނުކުންނަތާ ދެ މަސްވެފައިވާއިރު، އޭނާގެ ގާތް މީހުންނާއި ސުވާލު ކުރިއުރު އޭނާގެ އެއްވެސް ބަލީގެ އަލާމާތެއް ހުރިކަން އެ މީހުންނަށް އެނގިފައި ނެތްކަމަށް މަބްރޫކް ވިދާޅުވެފައިއެވެ. ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: