ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުންގެ މައްސަލަ: ރައީސް ނަޝީދަށް ގޮންޖައްސަވައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް އެމްޑީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމައިފި

ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕން ފާސްކުރުން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިން އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި ބަދަލާއި ދެކޮޅަށް ވަކަާލާތު ކުުރެއްވި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ގޮންޖެއްސެވުމަށްފަހު ސަރުކާރުން ބޭނުންވާ ގޮތައް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، ހަމަޖެހިފައިވީ ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން އިންތިހާބު ފަސް ކުރީ ގާނޫގައި ބުނާ އެންމެ ފަހު މުއްދަތުގެ ނިޔަލަށެވެ. މިކަމަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020“ ނަމުގައި ސަރުކާރުން ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ހުށަހަޅާފައިވާ އެ ބިލުގައި ވަނީ، ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އިތުރުކުރާ ގޮތަށެވެ.

ސަރުކާރުން ހުށަހެޅިގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ އެމްޑީޕީން މިރޭ ބޭއްވި ޕާލިމެންޓް ގްރޫޕުގެ ބައްދަލުވުމުގައި ބޮޑު އަގުލަބިއްޔަތަކާއި އެކުއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 42 މެމްބަރުން ވޯޓު ދެއްވީ ބިލާއި އެއްކޮޅަށެވެ. އަދި އެ ހުށަހެޅުން ފާސްކުރުމަށް ނުފެންނަ ކަމަށް 09 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 04 މެމްބަރަކު ތިއްބެވިއެވެ.

ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންނަކީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އާއި، ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)، އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.

ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އާއި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފެންނަ ކަމަށް، އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވުމަށް ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރިއިރު މައްސަލައިގައި މެމްބަރުންގެ މެދުގައި އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ. ބައެއް މެމްބަރުން ގަބޫލު ކުރާ ގޮތުން މިހާރު ރާއްޖޭގައި މިއޮތް ހާލަތަކީ ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ ހާލަތެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: