ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީ އިސްލާހު ގެނައުމުގެ މަސައްކަތް ރަނުން ރަނަށް ނިންމާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހިގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެފަދަ މާހައުލެއް ނެތުމުން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުން އެއްވެސް އިރަކު ހުއްޓާލާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ މަސައްކަތް ކުރިއަށް ގެންދިއުން ލަސްވެފައިވާ ކަމަށާއި އަދި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވާ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީޙުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ހުއްޓާލި ކަމަށް ބައެއް މެމްބަރުންނަށް ގަބޫޅު ކުރެއްވިފައިވާނަމަ އެއީ އެ މެމްބަރުންނަށް އަރާފައިވާ ބޮޑު އޮޅުމެއް ކަމަށް ވިދާޅުވިއެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އެއްވެސް އިރެއްގައި ރިޔާސަތުގައި ބޭއްވިފައެއ ވެސްް އަދި ހުއްޓިފަ ވެސް ނުވާ ކަމަށެވެ. އަދި ހާއްސަކޮށް އެމަނިކުފާން ހުންނަވާ އެއްވެސް ތަނެއްގައި ކަމެއް ހުއްޓިފައި މަޑުޖެހިފައި ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހަށް ލިބިފައި ވަނީ އެކެއް އެޕްރީލް ގައި ކަމަށާއި އަދި އެޕްރީލް މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ބިލާއި ގުޅޭގޮތުން މެމްބަރުން ބަހުސްކުރެއްވިކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާންގެ މަގުސަދަކަށްވީ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބިލާއި މެދު މަޖިލީޙުން ގޮތެއް ނިންމުމުގެ ކުރިން ބިލާއި ގުޅޭ ގޮތުން މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ބިލާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ވެސް މަޝްވަރާ ކުރެވިގެން ދިއުމަކީ އެމަނިކުފާން ބޭނުންފުޅުވި ގޮތް ކަމަށާއި އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އެއްވުންތައް ބާއްވައި މުޒާހިރާ ނުކުރެވުނު ނަމަވެސް މިހާރު ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު ރައްޔިތުންގެ މެދުގައި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެގޮތުން ރައްޔިތުން ރައްޔިތުންގެ މެންދޫބުންނާއި އެކު ބިލާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އެމަނިކުފާން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީޙުގެ ގަވާއިދުގައިވާ ގޮތިގެ މަތިން ބިލްގެ މަސައްކަތް ކުރިއަސްދާ ކަމަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ގަވާއިދުގައިވާ ގޮތުގެ މަތިން ރަނުންރަނަށް ކުރައްވައި ނިންމަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އުސްލާހުގެ ބިލް މަޖިލީހަށް ބަލައިގަނެ އެ ބިލް ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މުޅީ މަޖިލީޙުގެ ކޮމެޓީއަށެވެ. އަދި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް މަޖިލީޙުން ވަނީ ފާސްކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: