ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ބަހުގެ ހަމަލާއެއް އިސްމާއިލަށް: ވެންޓިލޭޓަރުގެ ކަންތަކުގައި ގުޅީ އަޅުގަނޑަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާޢިލް އަހުމަދަށް އަމާޒުކޮށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގޮތަށް، ވަރުގަދަ ބަހުގެ ޙަމަލާތަކެއް މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

އިސްމާއީލަށް ރައީސް ނަޝީދު ބަހުގެ ޙަމާލާތަކެއް ދެއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ 41 އެއް ވަނަ ޖަލްސާގައި، ރައީސް ނަޝީދަށް އަމާޒުކުރައްވާ ދެއްކެވި ވާހަކަފުޅުތަކެއް ރައްދުގައި ކަމަށްބެލެވެއެވެ.

އެމްޑީޕީގެ ”ރަށްވެހި ފަތިސް ލަންކާ“ ވަޓްއަޕް ގްރޫޕްގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދަށް ބަހުގެ ޙަމަލާތަކެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ”އަލީ ޝިޔާމާއި ބަނޑޭ ގާތުގައި ބުނާށޭ“ އެ މަނިކުފާނުގެ އަރިހުގައި އިސްމާޢީލް ވިދާޅުވިކަމަށެވެ.

ރައީސް މެސެޖުގައި ވިދާޅުވެފައިވާ އަލީ ޝިޔާމަކީ ރައީސް އޮފީހުގެ މިނިސްޓަރެވެ. އަލީ ޝިޔާމްގެ ޒިންމާތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. ދެން ރައީސް ނަޝީދުގެ މަސެޖުގައި ބަނޑޭ ޖައްސަވާފައިވަނީ އެވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް، ޙަސަން އިސްމާޢީލް ކަމަށްބެލެވެ. އެއީ އެމްޑީޕީގެ އެތެރޭގައި އާންމުކޮށް އެބޭފުޅާއާ މުޚާތަބުކުރާ ނަމަކީ އެއީ ކަމަށްވާތީއެވެ.

މީގެ އިތުރުން ”ރައްޔިތުންގެ މަޖިލީހަށް ހޮވާދޭށޭ ކިޔައިގެން“ އެމަނިކުފާނު ގާތުގައި އެދިފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީއާ ގުޅުނު ހިޔަލީ މުޙައްމަދު ރަޝީދާއި ގުޅޭގޮތުންވެސް އެމަނިކުފާނުގެ އަރިހުގައި ވާހަކަ ދައްކަވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ރައީސް ނަޝީދުވަނީ ”ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި“ މިހެން ވިދާޅުވެ ވަރުގަދަ ޙަމަލާއެއް ދެއްވާއެވެ.

ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ރައީސް ނަޝީދުގެ ބަހުގެ ޙަމަލާއެއް ދުވާފަރު ދާއިރާގެ މެމްބަރަށް ދެއްވާފައިވާއިރު، ކޮވިޑާއި ގުޅިގެން ސަރުކާރުން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ.

އެކަމާއި ގުޅިގެން އޭސީސީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވިޔަސް ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކާއި އޭސީސީ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތަކުގައި ފުށުއެރުން އެބަހުއްޓެވެ.

ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާއީލް އަހުމަދު ވަނީ ރައީސް ނަޝީދަށް އަމާޒްވާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ކުޅި އެއްޗަކީ މިރުހެއް ނޫން ކަމަށާއި މިރުސް ނޫން އެހެން އެއްޗެހީގައި ވެސް ކުޅި ރަހަ ލާ ކަމަށްވިދާޅުވެ، ކޮންމެ ކުއްލި ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ހާލަތެކޭ ކިޔައި ބަހަނާ ދެއްކޭކަށެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު މަޖިލީހަށް ފޮނުވީ މާޗުގެ މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ ބިލު ގެއްލިގެން އުޅެން ޖެހުނީ ރޭވުންތެރި ކަމެއް ނެތި ކަމެއް  މަޖިލީހުގެ ނުކުޅެދުންތެރި ކަމުން ކަމަށް އިސްމާޢީލް ވިދާޅުވެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: