ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކާއި ފިހާރަތަކުން ރާއްޖޭގައި ގަވައިދާއި އެއްގޮތަށް އުޅޭ ބިދޭސީން ގެންގުޅުން މުހިންމު: ސިފާ

ދަރުބާރުގޭގައި އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކާއި ފިހާރަތަކުން އިސްކަން ދޭންވީ އެންމެ ބޮޑު އެއް ކަމަކީ، މަސައްކަތްތަކުގައި ލިޔެކިޔުން ހަމަ ގަވައިދާއި އެއްގޮތަށް އުޅޭ ބިދޭސީން ގެންގުޅުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބާރު ސްޕީޑެއްގައި މާލޭގައި ކޮރޯނާ ފެތުރެމުންދިޔައިރު ބަލީގެ ނުރައްކާ އެންމެ ބޮޑު ވެގެންދިޔައީ ބިދޭސީންގެ މެދުގައެވެ. އެގޮތުން ބައެއް ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންތައް ވެސް ބައްޔަށް ޕޮޒިޓިވް ވީއިރު، އަލާމާތަތައް ހުރެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އަންރެގިއުލޭޓެޑް ނުވަތަ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އައި ބިދޭސީން ހިމެނެއެވެ.

ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ބިދޭސީންލައްވާ ތަފާތު އެކި މަސައްކަތްތައް ކުރުވާއިރު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ ވިދާޅުވީ ބިދޭސީންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ މިހާތަނަށް ހައްލު ކުރެވިފައިވާ މައްސަލައަކަށް ނުވާއިރު، މީގެ ކުރިން ތަފާތު އެކި ފަހަރު މަތީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ބިދޭސީން ގަވައިދަށް ފެއްތުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔައެވެ. އަދި މާލެއިން ކޮވިޑު ފެނުމުގެ ކުރިން، ކޮވިޑުން ރައްކާތެރިވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ވެސް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެތަންތަނުން ފާހަގަކުރެވުނު ގިނަ މީހުން ވަނީ ވަގުތީ ފެސިލިޓީތަކަކަށް ބަދަލުކޮށްފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ދީ، މާލޭގެ މަގުތަކަށް ނިކުތުމުގައި ވަކި އިންތިޒާމުތަކެއް ދަށުން ހުއްދަތަކެއް ދޫކުރުމަށް ވަނީ ފަށާފައެވެ. ލުއިތަކުގެ ދަށުން އިތުރު ފިހާރަތައް ވެސް ހުޅުވާއިރު މާލޭގެ މަދު ފިހާރައެއް ފިޔަވާ ގިނަ ފިހާރަތަކުގައި ތިބެނީ ބިދޭސީންނެވެ. އަދި ގިނަ ފިހާރަތަކަކީ ދިވެއްސެއްގެ ނަން މަތީ ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތަކެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ސިފާ ވިދާޅުވީ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންލައްވާ މަސައްކަތް ކުރުމުގެ ފުރުސަތެއް ކުރިޔަށް އޮތްތާ ނޯންނާނެ ކަމަށެވެ.

ކޮވިޑާއި އެކު ކުންފުނިތަކާއި އަދި ވިޔަފާރިތަކުން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ބިދޭސީންގެ ދިރިއުޅޭތަނުގެ ހާލަތު ދެނެގަތުމަށާއި، އަދި ރެޖިސްޓާޑް ބިދޭސީން ގެންގުޅުމަށް ކަމަށް ސިފާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: