ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 155 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ ހުކުރުދުވަހު މަގުމަތީގައި އުޅުނު 155 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމުރުތަކާއި ޚިލާފުވެ އެކަން ތަކުރާރުކުރި 07 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ގޮތުން، މި 07 މީހުންނާއެކު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެފައިވާ މުޅި ޖުމްލަ 345 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
https://twitter.com/PoliceMv/status/1266595280335462402?s=19
ނަމަވެސް، މި 345 މީހުންގެތެރެއިން ގިނަބަޔަކަށް ދަޢުވާކުރުމަށްޓަކައި، އެ މީހުންގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު، މިހާރު ހައްޔަރުން ދޫކޮށްލާފައިކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝްވަނީ ވިދާޅުވެފައެވެ.

