ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ޤައުމުތަކުގެ ޙާލަތު ކަންބޮޑުވާންޖެހޭ ދަރަޖައަށް ގޯސް: ހެލްތު މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ނުރައްކާ ފޯރާފައިވާ ބައެއް ޤައުމުތަކުގެ ޙާލަތު ކަންބޮޑުވާންޖެހޭ ދަރަޖައަށް ގޯސްވެފައިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮސްޓަރިކާއިން އިސްނަގައިގެން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ވާރޗުއަލްކޮށް ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ނުރައްކާތެރި އުނދަގޫ ޙާލަތުން އަރައިގަނެވޭނީ ހުރިހާ ޤައުމުތައް ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެއްވެސް ބައެއްގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނަގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އެންމެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ ޞިއްޚީ ފަރުވާއިން އެއްވެސް ބަޔަކު މަހުރޫމްކޮށްގެން ނުވާނެ ކަމަށާއި ކޮވިޑް-19 އަށް ވެކްސިނެއް ހޯދިއްޖެނަމަ ދުނިޔޭގެ ހުރިހާ ޤައުމަކަށް އެ ވެކްސިން ބޭނުންކުރެވޭނެ ފުރުސަތު ހޯދައިދިނުން މުހިންމު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޞިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވާ ކަމަށެވެ.  

މުޅި ދުނިޔެއަށް ކުރިމަތިވި މި ބަލި މަޑުކަމުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ޞިއްޚީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދުނިޔޭގެ ޢިޤްތިޞާދު ހުއްޓުމަކަށް އައިސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެވޭނީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށެވެ. އަދި ހުރިހާ ޤައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީގެ ބޭނުން ހިފޭނެގޮތްހެދުމަށާއި، މަޢުލޫމާތު ބަދަލުކޮށް، ކޯވިޑް-19ގެ ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމަށް މިނިސްޓަރ އަމީން ގޮވާލެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް 1،591 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ 554 ދިވެހިންނާއި 1،037 ބިދޭސީންނެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 231 މީހުންނެވެ. ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 20-60 އާ ދެމެދުގައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: