ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 86 އަށް!

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 86 އަށް ވަނީ އަރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ކޮވިޑުގެ އިތުރު ކޭސްތަކެއް ފެނި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަސް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 86 އަށް އަރައިފިއެވެ.

 މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް އާއްމުކޮށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފައިވަނީ އިތުރު 42 ކޭސްއެއް ފެނިފައިވާ ކަމަށެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެއްސަކާއި، 28 ބަންގްލަދޭޝްގެ މީހުން އަދި އިންޑިއާއަށް ނިސްބަތް ވާ 13 މީހެއް ކަމަށެވެ.

ރޭ ފަތިހު ވެސް 44 ކޭސްއެއް ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހެއް އަދި އިންޑިއާގެ 02 މީހެކެވެ.

މި އަދަދުތަކާއި އެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 1،633 އަށް އަރާފައެވެ.

ބަލި ޖެހިގެން ރިޕޯޓު ކުރި މީހުންނަކީ، އިންޑިޕެންޑެންޓް ކޭސްތަކެއް ތޯ ނުވަތަ އެހެން ކްލަސްޓާއަކާއި ގުޅުން ހުރި ބައެއްކަމެއް އަދި ކަށަވަރެއް ނޫނެވެ. ބައެއް ކޭސްތަކާއި ގުޅިގެން އައިސޮލޭޓުކޮށް ކަރަންޓީނު ކުރާ މީހުން ވެސް އަލާމާތްތަކެއް އުފެދި ފަހުން ބައްޔަށް ޕޮޒިޓިވް ވެއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ފްލޫ ކްލިނިކަށް ރިޕޯޓު ކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި އެހެން ކޭސްތަކާއި ކޮންޓެކްޓު ވެގެން ކަރަންޓީނުގައި ތިބޭ މީހުން ވެސް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތަކަށް މާބޮޑު ބަދަލެއް ނާންނައިރު، ފެންނަ ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު ވެސް އުޅެނީ 40 އިން މަތީގައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ކޮވިޑު ފަދަ ނުރައްކާތެރި ބައްޔަކާއި ބަލާ އެއީ ބޮޑު އަދަދެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ދަށް ކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ ލޮކްޑައުންނާއި އެކު އެޅި ވަރުގަދަ ފިޔަވަޅުތައް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ކޭސްތައް ފެންނަމުން ދާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން، މާލެ ލޮކްޑައުންއެއްގައި ބޭއްވުމަށްފަހު ލުއިތަކެއް ދޭން ވަނީ ފަށާފައެވެ. އެގޮތުން މިހާރު ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދައިގެ އިތުރުން ހުއްދަތައް ދޫކުރުން ހިމެނެއެވެ. އަދި ފަތިސް ގަޑީ އުމުރުން ދުވަސް ވީ ފަރާތްތަކަށް ބޭރަށް ނިކުތުމުގެއް ހުއްދަތައް ދިނުން ހިމެނެއެވެ.

ބައެއް ފަރާތްތަކުން ދަނީ، ލޮކްޑައުންގެ ލުއިތަކެއް ދިނުމަށް އަދި މާ އަވަސްކަމަށް ފާހަގަ ކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑު ވެގެން ދިޔައީ ވެސް ލުއިތަކެއް ދިނުމުގެ ސަބަބުންނެވެ. ނަމަވެސް އެކަމަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއިން ކޮވިޑުގެ ކޭސްތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ލުއިތަކެއް ދެނީ ފިޔަފަހިތަކަށް ބަހާލައިގެން ކަމަށް ޥާއިރު ސިއްހީ ނިޒާމު މިކަމަށް ތައްޔަރުވެފައިވާ ކަމަށ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: