ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމް ވަނީ އާއިލީ ގޭންގަކަށް ބަދަލުވެފައި: ޔޫނުސް އަލީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އެތެރޭގައި އޮތީ ހުސް އާއިލީ ކޯޅުން ކަމަށާއި އެކޮމިޝަންވަނީ އާއިލާ ގޭންގަކަށް ބަދަލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް މަޖިލީހުން ލަފައެއް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީންއެކުލަވާލި ރިޕޯޓުގެ ބަހުސް މަރުޙަލާގައި ވާހަކަ ދައްކަވަމުން ޔޫނުސް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހަށްވެސް އެއްބާރުލުން ދޭ ކޮމިޝަނެއް ނޫން ކަމަށެވެ.

ޔޫނުސް ވިދާޅުވީ އެކޮމިޝަނުން ކުރަންޖެހޭ ކަންކަން ނުކުރެވުމުގެ ސަބަބުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހިއުމަން ކޮމިޝަނުގެ އެތެރޭގައި އާއިލާ މައްސަލަތަކެއް ހިނގަމުންދާ ކަމަށް ޔޫނުސް ވިދާޅުވިއެވެ.

ކޮމިޝަނުގެ އެއްބަޔަކު ރައީސްގެ ދިފާއުގައި މަސައްކަތްކުރާ އަނެއްބަޔަކު މަސައްކަތް ކުރަނީ ކޮމިޝަންގެ ނައިބު ރައީސްގެ ދިފާއުގައި ކަމަށާއި އެކަމުގެ ސަބަބުން އެޗްއާރުސީއެމް ބަދަލުވެފައިވަނީ އާއިލީ ބޮޑު ގޭންގަކަށް ކަމަށް ޔޫނުސް ވިދާޅުވިއެވެ. އަދި އެކޮމިޝަނުގެ މަސައްކަތްތައް ރަނގަޅަށް ނުހިނގަނީ އެހެންވެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫނުސް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ ހާލަތަކީވެސް އެއީ ކަމަށާއި އެކޮމިޝަނުގެ މެމްބަރުން އެކަނި ބަދަލުކޮށްގެން އެއްވެސް ކަމެއް ޙައްލުވާން ނެތް ކަމަށެވެ. އަދި އެކޮމިޝަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންސް ޑިރެކްޓަރުން ފެށިގެން މަތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅައިގެން ނޫނީ އެއްވެސް ކަމެއް އިސްލާހުވާނެ ނެތް ކަމަށް ޔޫނުސް ވިދާޅުވިއެވެ.

”ސިވިލް ސާވިސްކޮމިޝަނުގެ ޑިރެކްޓަރުންނާއި އެސިސްޓެންޓް ޑިރެކްޓަރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުން އުޅެނީ އެކޮމިޝަނުގެ މެބްބަރުންގެ ބޮލަށް އަރާ ސަވާރުވެގެން، އެބޭފުޅުންނަށް ކަމެއް ނުކުރެވޭ ވަރަށް، އެބޭފުޅުންނަށް ބިރު ދައްކައިގެން، މި ހުރިހާކަމެއް ބަދަލުވެގެން މެނުވީ މިކަންކަމެއް އިސްލާހެއް ނުވާނެ“ ޔޫނުސް

ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިންވެސް އެކޮމިޝަނުން ކުރަމުންދާ މަސައްކަތާ ގުޅޭ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުދީ ލަސްވުމުގެ ކަންބޮޑުވުން މެމްބަރުންވަނީ ފާޅުކުރައްވާފައެވެ.

ރިޕޯޓު ތަޅުމަށް އިއްވުމުން، އެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ވަނީ އެންއައިސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ކޮމިޝަންގެ މެންބަރުން މިހާރުން މިހާރަށް ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: