ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 39 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އިގެ ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވަނީ، އިތުރު 39 މީހަކު ޕޮޒިޓިވްވެފައިވާކަން ޔަޤީންކޮށްދެއްވާފައެވެ.
އެހެންކަމުން ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުމިވަނީ 1672 އަށް އިތުރުވެފައެވެ.

