ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ޢުމުރުން ދުވަސްވީ 21 މީހަކާއި، 43 ކުޑަކުއްޖަކު ހިމެނޭކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮވކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރޭގައި، 65 އަހަރުން މަތީގެ 21 މީހަކާއި، 10 އަހަރުން ދަށުގެ 43 ކުއްޖަކު ވެސް ހިމެނޭކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެކިއެކި ބަލިތަކަށް ދިގު މުއްދަތަކަށް ފަރުވާކުރަމުން އަންނަ 54 މީހަކު ވެސް ފާހަގަކުރެއްވިފައިވާކަމަށާއި، އެކަމުގެ ސަބަބުން ކޮވިޑްގެ ނުރައްކާތެރިކަމުގެ ފުރުސަތު އެ މީހުންނަށް ބޮޑުވާނެކަމަށް ލަފާކުރެއްވޭކަމަށެވެ.
މި ގޮތުން ޚާއްސަ ސަމާލުކަމެއްދީގެން އެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަވާކަމަށް ވެސްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ޢުމުރުން ދުވަސްވެފައިވާ މީހުން ނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.

