ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ކޭސްތަކެއް ފެނުނު ށ.ނަރުދޫ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އާއްމު ހާލަތަކަށް!

އަމާޒު ބޯޓު ދަތުރު ކުރި ރަށްތަކުން ކޮންޓެކްޓުންގެ ސާމްޕަލްތައް ނެގުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ- ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށް ގެނައި ށ. ނަރުދޫ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އާންމު ހާލަތަކަށް ގެނެސްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން ނަރުދޫ އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މާލެއިން ނަރުދުއަށް ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައިތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ރޯގާގެ އަލާމާތްތަކާއި އެކު އޭނާ އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކާފައިވަނީ ނަރުދޫއަށް ބޯޓު ދިޔަތާ ޖެހިގެން އައި ދުވަހުގައެވެ. އަދި އޭނާ ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން ސާމްޕަލް ނަގާފައިވަނީ އޭގެ ފަހުންނެވެ.

އަމާޒު ބޯޓުގެ ކައްޕި ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެ ރަށް މޮނީޓަރިންނަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދިއިރު ފާހަގަކުރެވުނު މީހުންގެ ތެރެއިން ސާމްޕަލް ނެގި 11 މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުން ނިސްބަތްވަނީ ށ. ނަރުދޫ އަށެވެ. އެއީ، އަމާޒު ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވް ވި، އެ ބޯޓުގެ ކެޕްޓަންގެ އާއިލީ މެމްބަރުންނެވެ. އޭގެ އިތުރަށް ދެން ށ. މިލަންދޫއިން މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އެ ބޯޓާއި ގުޅިގެން 113 ކޮންޓެކްޓެއް ފާހަގަ ކުރެވުނެވެ. 

އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ، މާލެއިން ފުރަތަމަ ފަހަރަށް ބަލި ފެނުނު ދުވަހެވެ. އަދި އެ ދުވަހު މުޅި މާލެ ލޮކްޑައުންކޮށް އަރާ ފޭބުން މަނާ ކުރިއެވެ. އަމާޒު ބޯޓު ކެޕްޓަނަށް ބަލި ޖެހުނު ގޮތް އަދި ސާފު ނުވީ ނަމަވެސް، ބޯޓު ފުރުމުގެ ކުރިން އޭނާ ބާޒާރު މައްޗަށް ދިޔަ ކަމަށް ވައެވެ. ޕޮޒިޓިވްވީ ”އަމާޒް“ ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ. ބޯޓު ހއ، ށ އަދި ނ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރި އެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: