ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 ދުވަހު ކަރަންޓީނުގައި ތިބުމަށްފަހު، 360 މީހަކު އެނބުރި ރަށަށް ހިނގައްޖެ

މަބްރޫކް ޢަޒީޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއާއި ގުޅިގެން މާލޭގައި ތިބި މީހުންގެތެރެއިން، ރަށަށް ދިއުމަށްޓަކައި ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ 360 މީހަކު އެނބުރި ރަށަށް ގޮސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

މި ކަން ހާމަކޮށްފައިވަނީ، ހޯމަވިލޭރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒެވެ.

މި ގޮތުން ނޫސްވެރިންނާއި މަޢުލޫމަޢުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ލޮކްޑައުންއާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެތެރެއިން ކަރަންޓީނު ފެސިލީޓީތަކުގައި 14 ދުވަސް ހޭދަކޮށްފައިވާ 360 މީހަކު މިހާރު ރަށަށް ގޮސްފައިވާކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އާދިއްތަ ދުވަހު 94 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް   ގެންދެވިފައިވާކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 2711 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައިވާކަމަށް ވެސް، މަބްރޫކް ވިދާޅުވިއެވެ.

”ފުރަބަންދާއި ގުޅިގެން އަޅުގަނޑުމެން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދިއުމުގެ އިންތިޒާމުތައް މި ރާވަނީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގަ 14 ދުވަސް މަޑުކުރުމަށްފަހުގަ ރަށަށް ދެވޭގޮތަށް. މި ގޮތުން ބަލާއިރު މިހާތަނަށް 2711 މީހެއް މިވަނީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފަ. މިއަދު 94 މީހަކު މީގެތެރެއިން މިވަނީ ގެންދެވިފަ. މި ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު އަނބުރާ ރަށަށް މިހާރުވަނީ 360 މީހަކު ގޮސްފަ.“

ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑަކަށްވެ މުޅި ރާއްޖެއަށް ނުރައްކާތެރިކަން އިތުރުވުމުގެ ސަބަބުން ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެއްކަމަށް ވެސް ސަރުކާރުވަނީ އަންގަވާފައެވެ. މި ކަމާއި ގުޅިގެން
ސަރުކާރުން މިހާރުވަނީ، މާލޭގައި ތިިބި އަތޮޅުތަކުގެ މީހުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: