ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެތެރެއިން ޖުމްލަ 453 މީހަކަށް ޝިފާލިބިއްޖެ

މަބްރޫކް ޢަޒީޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ޖުމްލަ 453 މީހަކު ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަަންސް ސެންޓަރުގައި ހޯމަވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ޢަޒީޒު ވިދާޅުވީ، ކޮވިޑް-19 އަށް ބޭސްކުރަމުން އަންނަ މީހުންގެ އަދަދަކީ، 1313 ކަމަށާއި، ޖުމްލަ 453 މީހަކަށް މިހާރު ޝިފާ  ލިބިފައިވާކަމަށެވެ.

އަދި މިއީ އާދިއްތަވިލޭރެއަށްވުރެ 52 އިތުރު އަދަދެއްކަމަށް ވެސް މަބްރޫކް ފާހަގަކުރެެއްވިއެވެ. 

”މި ބަލިން މި ބައްޔަށް ބޭސްކުރެވެމުންދާ މީހުންގެ އަދަދު މިހާރު 1313. ބައްޔަށް ބޭސްކުރެވެމުންދާ މީހުންގެތެރެއިން ﷲ ގެ ރަޙްމަތުން މި ބަލިން ޝިފާ ލިބިފަވާ މީހުންގެ އަދަދު މިވަނީ، 453 އަށް އަރާފަ. އެއީ ރޭގެ އަދަދަށް 52 އިތުރު އަދަދެއް.“

ކޮވިޑް-19 އިން މިހާތަނަށް 453 މީހަކު ރަނގަޅުވެފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު، ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގައި ވައިރަހަށް ޕޮޒިޓިވްވި މީހުން އަދަދު އިތުރުވެފައިވެއެވެ. މި ގޮތުން އާދިއްތަދުވަހުގައި ވެސް، 101 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އެއީ ބަންގްލަދޭޝްގެ 72 މީހަކާއި، އިންޑިއާގެ 21 މީހެއްގެ އިތުރުން، 08 ދިވެއްސަކުކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އަދި މި 101 މީހުންނާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ، 1,773 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: