ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2207 މީީހަކަށް ބިޒްނަސް ޕާރމިޓް ދޫކޮށްފި

އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެފައިވާ އެތައްބަޔަކާއި މެދުު ފުލުހުންވަނީ ފިޔަވަޅު އަޅާފައި. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޒްނަސް ޕާރމިޓަށް އެދިފައިވާ ފަރާތްތަކުގެތެރެއިން، ހުއްދަ ދޫކުރެވިފައިނުވާ 2207 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޕާރމިޓް ޕޯރޓަލްގެ ޒަރީޢާއިން ބިޒްނަސް ޕާރމިޓަށް އެދިފައިވާ ފަރާތްތަކުގެތެރެއިން، ޕާރމިޓް ދޫކުރެވިފައިނުވާ 2207 ފަރާތަކަށް އާދިއްތަދުވަހުގައި ބިޒްނަސް ޕާރމިޓް ދޫކޮށްފައިވާނެކަމަށެވެ.

މީގެ އިތުރުން ޕޮލިސް ސަރވިސްއިން ބުނީ، އެ ‏ސަރވިސް އަށް އެދިފައިވާ ވިޔަފާރިތަކަށް ބިޒްނަސް ޕާރމިޓްތައް ދޫކުރަން ވެސް މިހާރު ފަށާފައިވާކަމަށެވެ. އަދި އުއްމީދަކީ އިކޮނޮމިކް މިނިސްޓްރީގެ މިންގަނޑަށް ފެތޭ ހުރިހާ ސައްހަ އެޕްލިިކޭޝަންތައް ހެނދުނުގެ ކުރިން ނިންމުންކަމަށް ވެސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

މި ހުސްވި މަހުގެ 29 ވަނަ ދުވަހުން ފެށިގެން، ލޮކްޑައުންގެ ފިޔަވަޅުތަކަށް ސަރުކާރުން ލުއިތަކެއްދީފައިވާއިރު، 8000 ފަރާތަކުން ހުއްދައަށް އެދިފައިވާކަމަށް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: