ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އައިޖީއެމްއެޗުން މިހާތަނަށް 20,000 އަށްވުރެ ގިނަ ޓެސްޓު ހަދާފައިވޭ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލު(އައިޖީއެމްއެޗް) ގެ ލެބޯޓަރީގައި، ކޮވިޑް-19 އިގެ ތަހުލީލުތައް ކުރުމަށްޓަކައި މިހާތަނަށް 20,000 އަށްވުރެ ގިނަ ޓެސްޓު ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މި ކަމާއި ގުޅިގެން އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ލެބޯޓަރީގައި 20,000 އަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހަދާފައިވާނެކަމަށެވެ.

މި ގޮތުން އައިޖީއެމްއެޗުންވަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ހުރިހައި މުވައްޒަފުންނަށް، ޝުކުރުއަދާކޮށްފައެވެ.

https://twitter.com/igmhmv/status/1267353768032636929?s=19

މީގެއިތުރުން އައިޖީއެމްއެޗުން ބުނީ، ކޮވިޑް-19 އިގެ ތަހުލީލުތައްކުރަން ހަދާ ކޮންމެ ޓެސްޓަކަށް ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކާ ހަމައިން ފެށިގެން، ރިޕޯޓުތައް ވަގުތުން ވަގުތަޭޭ ފޯރުކޮށްދިނުމާއި ހަމައަށް، މުވައްޒަފުން އަންނަނީ ދެގޮތެއްނުވެ މަސައްކަތްތައް ކުރަމުން ކަމަށެވެ.

އައިޖީއެމްއެޗުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ކަންތައްތައް ކުރިއަށްދާއިރު، އެ ހޮސްޕިޓަލުގެ އިތުރުން، ޓެސްޓުކުރުމުގެ ކަންކަން ދެން ކުރިއަށްދަނީ ފުލުހުންގެ ލެބޯޓަރީގައާއި އޭޑީކޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: