ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު  56 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 1800 އިން މައްޗަށް

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް  56 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު  އަށް އިތުރުވެއްްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުުގައި، ކޮވިޑް-19 އިގެ ޓާސްކް ފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ރޭގެ 18:00 އިން މިއަދުު 18:00 އާއި ހަމައަށް 56 މީހަކު  ޕޮޒިޓިވްވެފައިވާކަމަށެވެ.

މި އަދަދާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 1829 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ހާލަތު މިއަދާ ހަމައަށް އައިއިރު، ރާއްޖެއިން މި ބަލި ޖެހިގެން 6 މީހަކު މިހާތަނަށް  ނިޔާވެފައިވެއެވެ. އޭގެތެރެއިން އެކަކު ނިޔާވެފައިވަނީ މިއަދު ކަމަށާއި، 54 އަހަރުގެ އެ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ކޮވިޑް ބަލީގައި ނިޔާވި މީހުންގެތެރޭގައި ހިމެނެނީ، 83 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 88 އަހަރުގެ ދިވެހި ފިރިހެނަކާއި، 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން،  45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: