ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅުވީ މީހުންގެ އަދަދު 488 އަށް!

ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅުވީ މީހުންގެ އަދަދު 488 އަށް ވަނީ އަރާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 35 މީހަކު ރަނގަޅުވެ، ޖުމްލަ އަދަދު 488 އަށް އަށް މިހާރު އަރާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 35 މީހަކު ބައްޔަށް ފަރުވާ ދީ ރަނގަޅުވެފައިވާ ކަމަށެވެ.

މަބްރޫކް ވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 56 ކޭސްއެއް ފެނިފައިވާކަން ވެސް ހާމަ ކުރައްވާފައެވެ. މި ކޭސްތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އަށް އަރައެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 1،829 އަށް އަރާއިރު، މިރޭ 58 މީހަކަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަދުގެ މެންދުރު ކޮވިޑު ޖެހިގެން ޓްރީޓޮޕްގައި ފަރުވާ ދެމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑު ޖެހިފާ މީހަކު ބަލިން ރަނގަޅުވީ ތޯ ސާމްޕަލް ނަގާނީ އެ މީހެއްގެ ހުރިހާ އަލާމާތެއް ނެތި ދިއުމުން ކަމަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ނުވަތަ ހިކި ކެއްސުމެއް ހުންނަ ކަމުގައި ވާނަމަ ވެސް އެކަން އެކީ ރަނގަޅުވަން ދެން މަޑު ކުރާ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ ޕޭޝަންޓެއް ބަލީން ރަނގަޅުވީ ކަމަށް ކަނޑައަޅަނީ އެ މީހެއްގެ ދެ ސާމްޕަލްއެއް ނަގާ އެ ދެ ސާމްޕަލް ވެސް ނެގެޓީވް ވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: