ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ އިސްލާހު ކޮމެޓީން ފާސްކޮށް ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދަން މަޖިލީހުން ކުރި މަސައްކަތުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މަސައްކަތް ކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނަުއމުގެ ޖަލްސާ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30 އަށް އެޖެންޑާކޮށް ޖައްލާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރުމަށް ދަންވަރު ޖަލްސާ ބާއްވަން ޖެހުނީ އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ އަދި ޕީއެންސީގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ. އެހެން ނޫން ނަމަ ޖަލްސާއަކީ ހެނދުނު ކުރިއަށް ގެންދެވޭނެ ޖަލްސާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ  މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެއްބަސްވެ ވަޑައެއްނުގެންނެވި ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރީ މަޖިލީހުގެ ގަވާއިދުގައި އޮތް ހަނި ދޭތެރެއަކުން ވެސް މަޖިލިސް ހިސޯރު ކުރުމަށް ކަމަށެވެ. އެގޮތުން ކޮމެޓީން ފާސްކުރާ ރިޕޯޓަށް ތިން ދުވަސް ފަހުން ވޯޓަށް އަހަނީ މެމްބަރުންނަށް ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި ނަމަވެސް އިދިކޮޅު ކޯލިޝަނުން ކޮމެޓީ ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަުން އިދިކޮޅު ކަންކުރި ގޮތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާ ނަންގަވައި އަޑުގަދަ ކުރަން ފެއްޓެވުމުން ޝީޔާމްގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކޮށްފައެވެ. އަދި ޖަލްސާ ކުރިއަށް ގެންދަވަން ފެއްޓެވީ ޝިޔާމް މަޖިލީހުން ބޭރު ކުރުމަށް ފަހުގައެވެ. 

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ކައުންސިލަރުން މަގާމުގައި ތިބެވޭނެ ކަމަށް ބަޔާން ކުރާ އިންތިގާލީ މާއްދާއެއް އިތުރު ކުރަން ރޭ ފާސްކުރި އެވެ. ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް އެ ބަދަލު ގެނައީ ސުޕްރީމް ކޯޓުން ދިން ލަފައަށް ރިއާޔަތްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: