ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ގަވާއިދުތަކާއިއެކު ރައީސް ނަޝީދުގެ ޝުކުރު މިނިސްޓަރ ޒަހާއަށް!

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތަށް ގަވާއިދުތައް ނުހެއްދި ލަސްވި ނަމަވެސް މިހާރު ގަވާއިދުތައް ހައްދަވާފައިވާތީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ. 

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަ ގަވާއިދެއް ހަދަން ޖެހެއެވެ. ނަމަވެސް ގާނޫނުގައި ބުނެފައިވާ މުއްދަތަށް ގަވާއިދުތައް ހެދިފައި ނުވާތީ ޒަހާގެ މައްސަލަ ބެލުމަށް ނިންމައި ޒަހާ އިސްތިއުފާ ދެއްވުމަށް ވެސް ސަރުކާރުގެ ހިންގާ އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތަށް ގަވާއިދުތައް ނުހެދުނު ނަމަމެވެސް އެކަން ކުރެވިފައިވާކަން ޒަހާ ވަނީ މަޖިލީހުގެ ރައީސް ރައީސް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އަންގަވާފައެވެ. 

މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް، ފިޝަރީޒް މިނިސްޓްރީން ހަދާފައި ނުވާތީ އެ މިނިސްޓްރީން ގާނޫނާ ޚިލާފުވި ކަމަށް ނިންމައި، އޭގެ ޒިންމާ ޒަހާ ނަންގަވަންޖެހޭ ކަމަށް ކަނޑައަޅުއްވައި، މަޖިލީހުގެ ގަވާއިދު ކޮމިޓީން އޮތީ މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަެވެސް ގަވާއިދުތައް ހަދާ އެޓާނީ ޖެނެރަލްއަށް ފޮނުވާފައިވާކަން ޒަހާ ވަނީ މަޖިލީހަށް އަންގަވާފައެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އާދީއްތަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށެވެ.

ޒަހާގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަސްވެރިކަމުގެ ގަވާއިދުތައް ނިމުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ނުކުރެވި އޮތް މުހިއްމު ކަމެއް ވެސް މިނިސްޓަރަށް ނިމިފައިވާ ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތް ހުޅުވާލުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިނިސްޓަރު ޒަހާއަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.

މިނިސްޓަރ ޒަހާ ރައީސް ނަޝީދުއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ގޮތުގައި  ކަނޑު މަހުގެ ސިނާއަތްތުގައި އަމިއްލަ ހަތަރު ކުންފުންޏަކާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއް ގޮތަށް މަސައްކަތް ނުކުރާ ކުންފުނިތަކަށް 30 ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށާއި އެ ނޯޓިސްގައި އެކަށީގެންވާ މަސައްކަތް ނުކުރެވި ވާތީ އެ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ޒަހާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ދިނުމުން އެ ކުންފުނިތަކަށް އެއްވެސް އެކްލޫސިވް ރައިޓެއް އެ އެއްބަސްވުންތަކުގެ ތެރެއިން މިހާރު ލިބެން ނެތް ކަމަށް އެޓާނީ ޖެނެރަލް ކަފާދީފައިވާކަން މިނިސްޓަރު ޒަހާ ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: