ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19:: ”ގައިދުރުކޮށް“ މެމްބަރުން ހިފައިގެންފި!

މަޖިލިސް ޖަލްސާއިން މިރޭ ފެނުނީ ހަޑި މަންޒަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮޅު މަސް ދުވަސް ވަންދެން ބިލު ރައްޔިތުންގެ މަޖިލީޙުގައި ބޭއްވުމަށްފަހު ހައްލު ހޯދުމަށް މަސައްކަތް ފެށީ އެންމެ ފަހު ވަގުތުއެވެ. އިލެކްޝަންސް ކޮމިޝަނުން އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް މަޖިލީހުން ބޭނުން ވީ ބާރުތައް އޮތް މިންވަރު ދެއްކުމަށެވެ.މަޖިލީހުގެ ރައީސްއަށް ފެނިވަޑައިގަތް ގޮތުން އެކަމުގެ ފަރުވާ އޮތީ މަޖިލީހުގައެވެ. އެންމެފަހުން އަތަށް ގޮވާ ޖަލްސާ ބާއްވަން ޖެހުނީ ރޭގަނޑުގެ ދަންވަރު ދަޅައިގައެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސް ކުރިއިރު، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންގާރަ ދުވަހު ހަމަވެއެވެ.އެއާއި އެކު ސަރުކާރުން ހުށަހެޅީ އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނައުމަށެވެ.ނަމަވެސް  ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، ސުޕްރީމް ކޯޓުގެ ލަފައަށް އެދުމުން އެ ކޯޓުން ވެސް ލަފާ ދިނީ އެ ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

މަސައްކަތް ބުރަކަމާއި ސަރުކާރުން ވަގުތު ކުޑަތަންވި ފަހުން މަޖިލީހަށް ފޮނުވުމުގެ ބިލް ފާސްކުރުމަށް ހޯމަ ދުވަހުގެ ރޭގެ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި ބައެއް މެމްބަރުން މާރާމާރީ ހިންގާ، މުޅިތަޅުން އެކީ ހޫނުވެގެން ދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި ބައެއް މެމްބަރުން މާރާމާރީ ހިންގާ މަންޒަރުފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އަދި މި ވީޑިއޯތަކަށް އެތައް ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ވީޑިޯއިން ބައެއް މެމްބަރުން ޝިޔާމް ތަޅުމުން ނެރުމަށް މަސައްކަތް ކުރަމުން ދިޔައިރު، އިދިކޮޅު މެމްބަރުންނާއި، އެމްޑީޕީ މެމްބަރުން ދިމާ ކުރާތަން ފެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު  އެކަމަށް ހިއްވަރު ދީ ޝިޔާމް ތަޅުމުން ނެރުމަށް ގޮވާލާ އަޑުއިވެއެވެ. ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރުކުރެއްވުމަށް ރައީސް  ނަޝީދު ގެންދެވީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އަދި އެކަން ވީޑިއޯތަކުން ހާމަވެއެވެ. ގައިދުރުކުރުމުގެ އައު ވައްޓަފާޅިއަކާއި މިސާލްތަކުންނެވެ. 

https://twitter.com/axanner/status/1267562239885635585?s=21

އެއާއި އެކު މަޖިލީހުގެ ނައިބް ރައީސް އީވާ ވަރަށް ބާރަށް “އޭއި” ގޮވާ އަޑު އިވެއެވެ. ހަމައެހެންމެ ޝިޔާމް ތަޅުމުން ނެރުމުގެ ތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ބަދަލުވެގެން ދިޔަ މަންޒަރު ވެސް ފެނެއެވެ. 

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރިއިރު، ރައީސް ނަޝީދު ވެސް ޝިޔާމްއަށް ހަރުކަށިކޮށް އަތުގެ އިޝާރާތުން ނިކިތުމަަށްގޮވާލަމުން ގެންދެވިއެވެ. އަދި “ގައިގައި އައްލައިގެން ނުވާނެ…..” އަދި، “ނިކުމޭ” ވިދުވެއެވެ. ބައެއް މެމްބަރުން ހޮސްޕިޓަލަށް ދޭ، ބުނާ އަޑު ވެސް އިވެއެވެ.

ޖަލްސާއަކީ ޤާނޫނާއި ޚިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށް ވިދާޅުވެ، މަޖިލީހުގައި ޝިޔާމް ނުރުހުން ފާޅު ކުރެއްވުމުން އޭނާ ތަޅުމުން ނެރުމަށް ތިންފަހަރެއްގެ މަތީން ނަން އިއްވިއެވެ. ޝިޔާމް މަޖިލީހުން ބޭރުކުރުމުގައި އަނިޔާތަކެއް ވަނީ ވެފައެވެ. އަދި ގަމީސް އެކީ ވަނީ ވީދައިގެން ގޮސްފައެވެ. މި މައްސަލަޝިޔާމް މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާފައެވެ.

https://twitter.com/axanner/status/1267560991014834177?s=21

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރުކޮށްފައި ވަނީ، އެއްވެސް ގައިދުރު ކަމެއް ބެހެއްޓުމެއް ނެތިއެވެ. ޝިޔާމް އަށް ހަމަލާދިނުމަށް ރައީސް ނަޝީދު އެންގެވި ކަމަށް ބުނެ އިދިކޮޅު ކޮންގްރެސްއިން ވަނީ ކުއްލި ބަޔާނެއް ވެސް ނެރެފައެވެ.

އެމްޑީޕީ މެމްބަރުން ޝިޔާމް ބޭރަށް ދަމާފައި ގެންދަން އުޅުމުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހުމަދު އީސައަށް ވެސް ވަނީ އަނިޔާތަކެއް ވެފައެވެ. އަދިއެ ހަމަނުޖެހުމުގެ ތެރެއިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ވާއަތު ކަކުލު ހުޅަށް އަނިޔާވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: