ސިޔާސީ ހަރަކާތްތަކާއި އިހުތިޖާޖުތަކުގެ ތެތެއަށް ދެތިން ކުޅި ކުރިއަށް ވިސްނާފަ ނޫން ގޮތަކަށް ނުވަނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯޅިޝަނަށް އިއުތިމާސް ކުރައްވައިފިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކަށް އަމާޒް ކުރައްވާ މިފަދަ ވާހަކަފުޅުތަކެއް ދެއްކެވީ ގާނޫނުއަސާސީއަށް އިސްލާހުގެ ގެނެއުމުގެ ބިލް ފާސް ކުރުމަށް ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގެ ތެރެއިން ޕީޕީއެމް، ޕީއެންސީ މެމްބަރުން ކުރެއްވި އިހުތިޖާޖާއި ގުޅިގެންނެވެ.
ގާނޫނުއަސާސީއަށް އިސްލާހުގެ ގެނައުމުގެ ބިލްގެ ފާސްކުރުމުގެ ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވެ ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިިހުތިޖާޖު ކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލީޙުގެ ތަޅުމުން ބޭރުކުރައްވާފައެވެ. އޭގެ ފަހުން ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއްނެތިއެވެ.
ޖަލްސާ ނިންމަވާ ލައްވަމުން ޕީޕީއެމް،ޕީއެންސީން މަޖިލީޙުގެ ތަޅުމުގައި ކުރިއަށް ގެންދަން މަސައްކަތް ކުރި އިހުތިޖާޖަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް،ޕީއެންސީގެ އިހުތިޖާޖު ކުރިއަށް ނުގެންދެވުނީ އިހުތިޖާޖު ކުރަން ނޭނގޭތީ ކަމަށާއި އެހެން އެކަން ދިމާވަނީ އިހުތިޖާޖު ހިންގާ ނޫޅޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޔާސީ ހަރަކާތެއްގެ ތެތެއަށް ވަނުމުގެ ކުރިން ދެތިން ކުޅި ކުރިއަށް ވިސްނުމަށް ފަހު އެކަން ނުކުރުމަށް އިއުތިމާސްކުރާ ކަމަށެވެ. ނަމަވެސް ޕީޕީއެމް،ޕީއެންސީއަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީޙުގެ ތަޅުމުގައި ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ކުރި އިހިތުޖާޖު ހުއްޓުވައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މަޖިލީޙުގެ ތަޅުމުން ބޭރުކުމަށް ކުރި މަސައްކަތުގައި މެމްބަރުންގެ މެދުގައި ވަނީ ހަމަނެޖެހުން ހިނގައި އަދި މާރާމާރީ ހިންގާފައެވެ. އެގޮތުން ބައެއް މެމްބަރުންނަށް ކޮންމެވެސް ވަރަކަސް އަނިޔާވެ ޒަހަމްވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރައީސް ނަޝީދު ވިދާޅުވީމިހާރުތިބި ކައުންސިލްތަކުގެ ދެންމުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ކުރެއްވީ ވަރަށް ދަތި އނދަގުކުން ވަރަށް ހަނިކޮށް ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ރަނުންރަނަށް ނިންމާލެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހުގެ ބިލް ތަސްދީގު ކުރެއްވުމަށް ވީއެންމެ އަވަހަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ފޮނުއްވާނެ ކަމަށެވެ.

