ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
އާދިއްތަވިލޭރޭ ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވަނީ، ގްރޭޓަރ މާލޭ ސަރަހައްދަށް ހުއްދަދީފައިވާ ޓެކްސީ ސެންޓަރުތަކުގެ އިސް ވެރިންނާއި، ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
މި ގޮތުން، މި ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވަނީ، ޓެކްސީ ސެންޓަރުތަކަށާއި، ޕިކަޕް ސެންޓަރުތަކަށް މި ދުވަސްވަރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
https://twitter.com/MoTCAmv/status/1269324253402456065?s=19
ގްރޭޓަރ މާލޭ ސަރަހައްދަށް ހުއްދަދީފައިވާ ޓެކްސީ ސެންޓަރުތަކުގެ އިސް ވެރިންނާއި، ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާއިރު، ލޮކްޑައުންކުރުމާއި ގުޅިގެން، ދަތިތަކާއި ކުރިމަތިވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ފަހިކޮށްދެއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ދާދި މިދާކަށްދުވަހު ބޭއްވި މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ނަހުލާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ، ކޮވިޑް-19 އިގެ ސަބަބުން، ޓެކްސީ ދަތުރުފަތުރުތައް މެދުކެނޑި، ޓެކްސީ ޑްރައިވަރުންނަށް ޢާމްދަނީ ނުލިބުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މެންބަރުންގެ މި ސުވާލުގެ ޖަވާބުގައި، ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއްް ފަހިކޮށްދޭންޖެހިފައިވާކަމަށާއި، މި ގޮތުން ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީތެރިކަމެއްކަން ދެނެގަނެ، ކަނޑައަޅާފައިވާ އުސޫލުތަކުގެތެރެއިން ރަނގަޅު ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެއެވެ.
ނަމަވެސް، ޓެކްސީ ސެންޓަރުތަކާއި، ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި، މިނިސްޓަރު ނަހުލާ ބައްދަލުކުރައްވާފައިވާއިރު، މާލެ ސަރަހައްދުގެ ގިނަ ޓެކްސީ ސެންޓަރުތައް ހިމެނޭހެން ވަނީ ބަޔާނެއްނެރެފައެވެ.
މި ގޮތުން އެ ބަޔާނުގައި، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި، ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ނަހުލާ އިތުރުފުޅު ހެއްދެވިކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި، ދަތިތަކާއި ކުރިމަތިލާންޖެހިފައިވާއިރު، އެ ކަންކަމަށް ހައްލެއް ހޯއްދަވައި ނުދެއްވޭކަމަށް ބުނެ، އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ.

